ޙައްޖުވާން މައްކާއަށް އައިސް ސިޔާސީ ވެގެން ނުވާނެ- އަލް-ސުދެއިސް

ކިޔުމަށް ހޭދަވާނީ 1މ 28ސ
ޙައްޖުވާން މައްކާއަށް އައިސް ސިޔާސީ ވެގެން ނުވާނެ- އަލް-ސުދެއިސް
މައްކާ- ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ގޮސް، އެތަނުގައި ސިޔާސީ ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި އެއީ ސިޔާސީވާން ހުރި ތަނެއް ނޫން ކަމަށް ހެޑް އޮފް ޖެނެރަލް ޕްރެސިޑެންސީ އެފެއާރސް ޢަބްދުއްރަޙްމާން އަލް-ސުދެއިސް ވިދާޅުވެއްޖެއެވެ.

މައްކާއަށް ޙައްޖުވާން ދިޔަ ޙައްޖުވެރިންނާއި މުޚާތަބުކޮށް މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލް-ސުދެއިސް ވިދާޅުވީ ޙައްޖުގެ މަތިވެރި އަޅުކަމުން ދައްކުވާދޭން ވާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންނާއި އޮންނަ އެއްބައިވަންތަކަން ކަމުގައެވެ.

އެފަދަ ބައްދަލުވުމެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ އެކުވެރިކަމާއި ސުލްޙަ މަސަލަސްކަމާއި ރަސޫލާ (ﷺ) ގެ މިސްކިތުންވެސް ދައްކުވާދެނީ ސުލްޙަވެރިކަންކަން ދައްކުވާދިނުން ކަމަށް ވެސް އަލް-ސުދެއިސް ވިދާޅުވިއެވެ.

"ސިޔާސީ ވާދަވެރިކަމާއި، ޓެރަރިޒަމް އަދި ހަނގުރާމަ ކުރުމުން މުޅި ދުނިޔެ މިވަނީ ފަސާދަ ވެފަ. ނަމަވެސް އިންސާފުވެރިކަމާއި ސުލްޙަވެރިކަމާއި ރައްކާތެރިކަމަކީ ކޮންމެ ދީނެއްގައިވެސް ހުންނަން ޖެހޭނެ ކަންކަން. ޚާއްސަކޮށް ސުލްޙަވެރި ކަމަކީ ކޮންމެ މީހެއްގެ ވެސް އަދި ކޮންމެ ޤައުމެއްގެ ވެސް އެންމެ ގުޅުން ވަރުގަދަ ކުރެވޭނެ އެއް ކަންތައް" އަލް-ސުދެއިސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ހައްޖުގެ މަތިވެރި އަޅުކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމް އެކަކު އަނެކަކާއި ގުޅުން ބަދަހިކޮށް، އެއް އަޅުކަމެއް ލޯތްބާއި ސުލްޙަވެރިކަމާއި އެކު އަދާ ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

"ޙައްޖުގެ އަޅުކަމުން މުޅި ދުނިޔެއަށް ވެސް ދައްކުވާދޭންވީ މުސްލިމުންނަކީ އެކަކު އަނެކަކު ދެކެ ލޯބިވާ، އަޚުވަންތަކަމާއި އުޚުވަންތަކުގެ ރިވެތި ގުޅުން ހުރި ބައެއްކަން" ކަމަށް ވެސް އަލް-ސުދެއިސް ވިދާޅުވިއެވެ.

މިއަދު އޮންލައިން