ޖަޕާނުގައި ގެއްލުނު ޗައިނާގެ ޒުވާން އަންހެއްކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 45ސ
ޖަޕާނުގައި ގެއްލުނު ޗައިނާގެ ޒުވާން އަންހެއްކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެ
ޖަޕާނުގައި ގެއްލުނު ޗައިނާގެ ޒުވާން އަންހެއްކުއްޖާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޢުމުރުން 27 އަހަރުގެ ވެއި ކިއުޖީ އަކީ ފުޖިއާން ޕްރޮވިންސްގެ އެލެމެންޓަރީ ސްކޫލުގައި މަސައްކަތްކުރާ ކުއްޖެކެވެ. އަދި އޭނާ ޖަޕާނަށް ދިޔައީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އޭނާގެ ޢާއިލާއިން ބުނެފައިވަނީ އޭނާ ކިޑްނެޕްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހުރި ހޮޓާ ކަމަށްވާ ސައްޕޮރޯ ހޮޓެލްގެ އޭނާގެ ކޮޓަރީގައި އަތުން ލިޔެފައިވާ ސިޓީއެއް އޮތް ކަމަށާއި އެ ސިޓީ އެޑްރެސްކޮށްފައިވަނީ އޭނާގެ މައިންބަފައިންނަށް ކަމަށެވެ.

ވެއި ކިއުޖީގެ ޢާއިލާ އާޙަވާލާދީ ޗައިނާޕްލަސްގައި ބުނެފައިވަނީ އެސިޓީގައި "ޢާއިލާއަށް އެންމެފަހުގެ ވަދާޢީ ސަލާމް ކުރާ" ކަމަށާއި " އައުޙަޔާތެއް ފެށުމަށް ދަނީ" ކަމަށް ލިޔެފައިވާ ކަމަށެވެ.

މިފަހަކަށް އައިސް ޗައިނާގެ އަންހެންކުދިންނަށް އެކި ޤައުމުތަކުން އަންނަނީ ތަފާތު ގޯނާތައް ލިބެމުންނެވެ.
މިއަދު އޮންލައިން