ތައިޕޫން ތޫފާން ހޮންގކޮންގ އަށް އަރައިފި

ކިޔުމަށް ހޭދަވާނީ 29ސ
ތައިޕޫން ތޫފާން ހޮންގކޮންގ އަށް އަރައިފި
ތައިޕޫން ތޫފާން ހޮންގކޮންގ އަށް އަރައިފިއެވެ.

އެ ޤައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ޤައުމުގެ އިރު ދެކުނުގެ ސަރަހައްދަށް މިހާރުވަނީ ތައިޕޫން ތޫފާން އަރާފައެވެ. އަދި ގަޑިއަކު 63 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހެއެވެ.

މީގެ އިތުރުން މި ތޫފާނު 8 ވަނަ ގިންތީގައި ހިމަނާފައިވާ އިރު، ހުޅަނގާއި ހުޅަނގުއުތުރުގެ ހިސާބުތަކަށް ގަޑިއަކު 28 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި ތޫފާނުގައި ލިބުނު ގެއްލުންތައް ހާމަކޮށްފައެއް ނުވެއެވެ.

ތައިޕޫން ހެޓޯ ތޫފާން ވަނީ ޗައިނާއާއި މަކާއޯގެ ބައެއް ސަރަހައްދުތަކަށްވެސް އަރާ، ގެއްލުންތަކެއް ލިބިފައެވެ.
މިއަދު އޮންލައިން