ބަލިވެ އިންނާނީކޮންއިރަކުންތޯ އަހާވަރުން ޖެނިފާ އެނިސްޓަން ރަތަށް

ކިޔުމަށް ހޭދަވާނީ 1މ 51ސ
ބަލިވެ އިންނާނީކޮންއިރަކުންތޯ އަހާވަރުން ޖެނިފާ އެނިސްޓަން ރަތަށް
މުޅި ދުނިޔެއަށް ވެސް މަޝްހޫރުވެ ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދި އެއް ޓީވީ ސީރީޒް ކަމަށްވާ "ފްރެންޑްސް" ގެ އެއް އެކްޓްރެސް ކަމަށްވާ ޖެނިފާ އެނިސްޓަން ބަލިވެ އިންނާނީ ނުވަތަ ދަރިއެއް ހޯދާނީ ކޮންއިރަކުންތޯ މީހުން ސުވާލު ކުރާވަރުން، އޭނާ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ.

ޖަސްޓިން ތެރޫޒް އާއި 2015 ން ފެށިގެން ކައިވެނި ކޮށްގެން އުޅޭ ޖެނިފާ، ކުރިން ކައިވެނި ކޮށްފައިވަނީ މަޝްހޫރު ހޮލީވުޑް އެކްޓަރ ބްރެޑް ޕިޓް އާއިއެވެ. އެންމެ ފުރަތަމަ ކައިވެންޏެއް ކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ޖެނިފާ އާއި ގިނަ މީހުން އެންމެ ގިނައިން ކުރަމުންއައި އެއް ސުވާލަކީ، ދަރިއަކު ހޯދާނީ ކޮންއިރަކުންތޯ އެސުވާލެވެ.

މީގެ އިތުުރުން އޭނާގެ ހަށިގަނޑަށް ކުޑަކޮށްވެސް ބަދަލެއް އައިސް، ކުޑަކޮށް ފަލަވެއްޖެނަމަ ވެސް، ގިނަ މީހުން ބުނެފައިވަނީ ޖެނިފާ އިނީ ބަލިވެ ކަމަށެވެ.

އުމުރުން މިހާރު 48 އަހަރުގެ ޖެނިފާ އެނިސްޓަން ބުނިގޮތުގައި، އޭނާއާއި ބެހޭގޮތުން އެފަދަ ވާހަކަތަކެއް ފެތުރި، އެކަމާއިމެދު މީހުން ސުވާލު ކުރާތާ މިހާރު 25 ވަރަކަށް އަހަރު ވެދާނެއެވެ. ދާދިފަހުން ޖެނިފާ އެނިސްޓަން ވަނީ މީހުންގެ އެފަދަ ސުވާލުތަކުގެ ސަބަބުން ކެތްތެރިކަން ކޮޅުންލާ، އެކަމާއި ވަރަށް ބޮޑަށް ރުޅިއައިސް އެކަމަށް ރައްދު ދީފައެވެ.

ޖެނިފާ ބުނީ، މީހެއްގެ ހަށިގަނޑު ކިރިޔާވެސް ރަނގަޅުވެ، އުނަގަނޑުމަތިން ކުޑަކޮށް ފުޅާވެ އަދި ބަނޑުމަތީގައި ރޫޖެހުމުގެ މާނައަކީ އެމީހާ އެއިނީ ބަލިވެއެއް ނޫން ކަމަށެވެ. އަދި މީހެއްގެ ހަށިގަނޑަށް އަންނަ ބަދަލަކީ އެހެން މީހުންނާއި ބެހޭ ކަމެއް ނޫން ކަމަށް ވެސް ޖެނިފާ ބުންޏެވެ.

މީގެއިތުރުން ޖެނިފާ ވަނީ، ދިރިއުޅުން އުފާވެރިވެ ފުރިހަމަ ވާނީ ދަރިން ލިބުމުންނޭ މީހުން ބުނާ ބުނުން ދޮގު ކޮށްފައެވެ. އޭނާ ބުނި ގޮތުގައި، ދިރިއުޅުން އުފާވެރި ކުރުމަށް އެކި މީހުން ދެކޭނީ އެކި ގޮތްގޮތެވެ. އެހެންކަމުން އެހެން މީހަކު އިޚްތިޔާރު ކުރަންވީ ކަމެއް އެނގޭނީ ދެން ތިބޭ މީހުންނަށް ނޫން ކަމަށާއި، ދަރިން ނެތް އެންމެންގެ ދިރިއުޅުން ހުންނާނެ ގޮތެއް އެންމެންނަށް ނޭނގޭނެ ކަމަށާއި އެހެންކަމުން އެފަދަ 'ސެންސިޓިވް' މަޢުލޫއާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ޖެނިފާ ބުންޏެވެ.

މިއަދު އޮންލައިން