ދިރިއުޅުމަށް އެންމެބޮޑު ބަދަލެއް ގެނުވަނީ ބްރޯޑް ބޭންޑް އިންޓަރނެޓުގެޚިދުމަތްކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޮ ނަޖީބު ޚާން ވިދާޅުވެއްޖެއެވެ.
އުރީދޫން ބްރޯޑް ބޭނުންޑު އިންޓަރނެޓުގެ ޚިދުމަތް ތަޢާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަޖީބު ޚާން ވިދާޅުވީ ދިރާސާތަކުން ދައްކަނީ އެންމެ ބޮޑު ތަފާތެއް ގެނުވާ އެއްޚިދުމަތަކީ ބްރޯޑްބޭންޑް އިންޓަރނެޓު ކަމަށެވެ.
"އެހެންވެ މި ކުންފުންޏަށް (އުރީދޫ)އިންޓަރނެޓުގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބުނު ދުވަހުން ފެށިގެންއެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އެކި ހިސާބުތަކުގައިވާއާއިލާތަކާއި ވިޔަފާރިތަކަށް ބްރޯޑްބޭންޑް އިންޓަރނެޓުގެޚިދުމަތް ދިނުން. އަދި މިއީ ހަލުވި ދުވެލީގައި ބޭނުންކުރެވޭނެ ޚިދުމަތެއް" ނަޖީބު ޚާން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ "ފަސޭހަ ހޯމް ބްރޯޑްބޭންޑް" ފަރުމާކޮށްފައިވަނީ ކޮންމެ މީހަކަށްވެސް ޚިދުމަތް ހޯދުމުގެ ފުރުޞަތު ދިނުމުގެ އަމާޒާއިއެކުގައި ކަމަށެވެ. އަދި މާކެޓުގައި އެންމެއަގު ހެޔޮ ރޭޓްތަކުގައި ޚިދުމަތް ދިނުމަށް ކަމަށެވެ.