ތުރުކީގެ އިސްތަންބޫލުގެ ތުޒްލާ ޑޮކްޔާޑަށް މަރާމާތުކުރަން ދިއަ 114 މީޓަރު ދިގު މުދާއުފުލާ ބޯޓެއް ތުރުކީއާއި ކައިރިވެފައިވަނިކޮށް ދެބުރިވެއްޖެއެވެ. ހާދިސާ ހިނގުމުން ބޯޓުގައި ތިބި 11 ފަޅުވެރިން ވަނީ ސަލާނމަތްކޮށްފައެވެ.
ބޯޓުގެ އެއްބުރި މިހާރު ވަނީ ޓަގްބޯޓުފަހަރުގެ އެހީގައި ޑޮކް ޔާޑަށް ގެންގޮސްފައެވެ. ދެވަނަ ބުރި އަދި ދަނީ ފެތެމުނެނެވެ. ބޯޓަކީ މޮންގޯލިއާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެކެވެ.