ފަސޭހަ ބްރޯޑްބޭންޑް ފަރުމާކޮށްފައިވަނީ ރޭންޖު ކެނޑުންފަދަ މައްސަލަތަކަށް ބަލައިގެންކަމަށް އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވެއްޖެއެވެ.
ފަސޭހަ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވީ މިއީ ޓެކްނޮލޮޖީގެ ގޮތުން ގެނެވުނު ކުރިއެރުމެއް ކަމަށެވެ.
" ކުރިން ކޭބަލްއަޅައިގެން ދެމުން އަންނަ ކަމެއް މިހާރު ވަޔަރލެސްކޮށް މި ދޭން ފެށީ" ހުސައިން ނިޔާޒު ވިދާޅުވިއެވެ.
ހުސައިން ނިޔާޒު ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން އެ ކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް ބޭނުންކުރުމުގައި މިހާރަށްވުރެވެސް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ޚިދުމަތް ތަޢާރަފު ކުރި ނަމަވެސް ކޭބަލްމެދުވެރިކޮށް އެ ކުންފުނިން ދެމުންގެންދާ ކިދުމަތް ދެމުން ގެންދާނެ ކަމަށެވެ.