ކާމިޔާބު ބިރުވެރި ފިލްމުތަކެއްގެ ޑައިރެކްޓަރ ޓޯބް ހޫޕަރ މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 39ސ
ކާމިޔާބު ބިރުވެރި ފިލްމުތަކެއްގެ ޑައިރެކްޓަރ ޓޯބް ހޫޕަރ މަރުވެއްޖެ
ހޮލީވުޑްގައި ކާމިޔާބު ބިރުވެރި ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ، މަޝްހޫރު ފިލްމު ޑައިރެކްޓަރ ޓޯބް ހޫޕަރ މަރުވެއްޖެއެވެ.

އޮސްޓިން ޓެކްސަސް އަށް އުފަން ޓޯބް ހޫޕަރ މަރުވިއިރު އޭނާގެ އުމުރަކީ 74 އަހަރެވެ. އޭނާ މަރުވީ ކެލިފޯނިއާ ލޮސް އެންޖެލެސް ގެ ޝަރމަން އޯކްސް ގައި އޯގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

ޓޯބް ހޫޕަރ ގެ މަޝްހޫރު ބިރުވެރި ދެ ފިލްމުކަމަށްވާ "ޓެކްސަސް ޗެއިން ސޯ މެސޭކްރޭ" އާއި "ޕޮލްޓަރޖީސްޓް" އަކީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބި، ބޮކްސް އޮފީހުގައި ނުހަނު ކާމިޔާބުވި ދެ ފިލްމެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓޯބް ހޫޕަރ މަރުވީ އާދައިގެ މަރަކުންނެވެ. މަރުވިއިރު ދުނިޔޭގައި އޭނަގެ ފިރިހެން ދެދަރިން އެބަތިއްބެވެ.
މިއަދު އޮންލައިން