ވީޑިއޯ އިން ފެންނަނީ އުފަލާއި މަޖަލުގައި އުޅޭ ޒުވާނެކެވެ. ބަންގީގެ އަޑު އިވުމުން އެއްވެސް އަޅައިލުމެއް ނެތި ނިދަނީއެވެ. ހެނދުނު ހޭލެވިގެން ސައި ތައްޔާރުކުރަން އުނދުން ރޯކުރަން ހަމަ ޖައްސައިލިތަނުން އަލިފާން ހިފަނީއެވެ. އޭނާގެ ަގައިގައިވެސް ހިފަނީއެވެ.
އަލިފާންތަކާއިއެކު ދުވަމުން ދިއައިރު އިވެނީ ޝައިޠާނާގެ ހުނުމުގެ އަޑެވެ. އަނެއްކޮޅުން އެނާ ނަމާދަށް އިހުމާލުވާކަމުގެ އިންޒާރުގެ ވާހަކަތައްވެސް ދިއައީ އަޑު އިވެމުންނެވެ.
މިއީ އޭނާއަށް މާތްﷲ ދެއްކެވި ހުވަފެނެކެވެ، ނިދީން ހޭލެވުމާއިއެކު އޭނާ އަވަސްވެގަތީ ނަމާދުކުރުމަށެވެ. ދެން ދުވަހަކުވެސް ނަމާދަށް ފަރުވާ ކުޑަނުކުރާނެ ކަމުގެ އަޒުމުގައެވެ.
ކޮންމެ މީހަކަށް މިބާވަތުގެ ހުވަފެނެއް ނުފެނިދާނެއެވެ. އަދި އިލްހާމެއްވެސް ނުލިބިދާނެއެވެ. ނަމަވެސް އެންމެންނަށްވެސް ވަނީ ގެއްލި ނުދާނެ ކަންތައްތަކެއް މާތް ﷲ ބަޔާންކޮށްދެއްވައިފައެވެ. ނަމާދުކުރުމަށް މާތް ﷲ އަމުރުފުޅުކުރެއްވެވި ކީރިތި ޤްރްއާނުގެ އާޔަތްތަކެވެ. ނަމާދު ފުރިހަމައަށް ނުކޮށްފިނަމަ އާޚިރަތުގައި ސަލާމަތްކަން ނެތްކަމުގެ އިންޒާރުތަކެވެ. ދިންނެވުން އެދޭމީހާއަށް އެވަރުން ވެސް ފުދޭނެއެވެ.
ގުޅުންހުރި ވީޑިއޯ