ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ބެލުމަކީ މިއަދު ޢާންމު ކަމެކެވެ. އަމިއްލައަށް ބެލުމުގެ އިތުރުން އެފަދަ އީމޭއިލްތައް އޮޓޯ ފޯވާޑްކޮށް ގިނަ ބައަކަށް ފޮނުވުމަކީވެސް ހަމަ ވަރަށް ޢާންމުކަމެކެވެ.
މިފަދައިން ކަންތައް ކުރަމުން ދިއަ ޒުވާނެކެވެ. އޭނާ އާއިއެކު އެފަދަ ގުޅުން އޮތް ރައްޓެހިންކޮޅަކާއިއެކު ކާރުގައި ދަނިކޮށް އެކްސިޑެންޓްވެ ޒުވާނާ މަރުވީއެވެ. ރައްޓެހިންކޮޅު ސަލާމަތްވިއެވެ.
ކުއްލިއަކަށް އެންމެ ގާތް އެކުވެރިޔާ މަރުވުމުން އެމީހުންނަށް ފުން ހިތާމައެއް ލިބުނެވެ. އެމީހުންނަށް ވެސް ހަމަ އެފަދަ ގޮތެއް މެދުވެރިވެ ޒުވާން އުމުރުގައި މަރުވެދާނެކަމުގެ ބިރު ގަތެވެ. ކުރިން ކުރިފަދަ ނުބައި އެއްވެސް އަމަލެއް ނުކުރަން އަޒުމް ކަނޑައެޅިއެވެ.
އެމީހުން މިހާރަކު ބަރަހަނާ ސައިޓުތަކަކަށް ނުވަދެއެވެ. ނަމަވެސް އެމީހުންނަށް އުނދަގޫތަކެއް އެބަހުއްޓެވެ. މަރުވި ރަޙްމަތްތެރިޔާ ދުނިޔޭގައި ހުރެ ބަރަހަނާ އީމޭއިލްތައް ފޮނުވިފަދައިން ކައްވަޅުގައި އޮވެގެންވެސް ފޮނުވާތީއެވެ.
ކައްވަޅުގައި އޮވެ އީމޭއިލް ފޮނުވަނީކަމަށް ބުނީމާ ރުންކުރު ނުވެ ފުންކޮށް ވިސްނައިލާށެވެ. މިވާގޮތަކީ އެފަދަ ވެބްސައިޓުތަކަށް އަގު ދެއްކީމާ އެމީހަކަށް ހަމަ ކޮންމެ ދުވަހަކު ލިންކްތައް އީމޭއިލްކޮށްދެއެވެ. ލިބޭ އީމޭއިލްތައް ރައްޓެހިންނަށް އޮޓޯއިން ފޯވަޑް ކުރެވޭ ގޮތަށް ހަދާފައިހުރިނަމަ ދާނީ އެކަން ކުރެވެމުންނެވެ. ތިމާ އޮތީ ކައްވަޅުގައި ނަމަވެސް ކަނޑުއަޑީގައި ނަމަވެސް އެކަންކަން ދާނީ ބަރާބަރަށް ކުރިއަށެވެ.
މިފަދަ ކަންކަން ކުރާމީހުންނާއިމެދު ވިސްނައިލާށެވެ. ދުނިޔޭގައި ހުރެ ކުރި ފާފަތައް ތިމާމަރުވުމަށްފަހު ވެސް އެދަނީ ކުރެވެމުންނެވެ. ފާފަތައް އެދަނީ ފުނިޖެހެމުންނެވެ. ހަމަ ކޮންމެ ދުވަހަކުވެސްމެއެވެ.
މިފަދަ ކަންކަމަކީ ކޮންމެ މީހަކު ވެސް ވިސްނައިލުން މުހިންމު ކަންކަމެވެ.
ގުޅުންހުރި ވީޑިއޯ