ބަޣްދާދުގައި ކާރުބޮމެއް ގޮއްވާލައި 12 މީހުން މަރާލައިފިއެވެ. ހަމަލާގައި 28 މީހަކަށް ވަނީ ބޮޑެތި ޒަކަމްތަކެއް ވެފައެވެ.
މިއަދު ހެނދުނު އެންމެ މީހުން ގިނަވި ވަގުތު ސަދްރް ސިޓީގެ މާރކޭޓް ސަރަހައްދުގައި ދިން ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އުފުލައިފައެވެ.
ބޮމުގެ ބާރުގަދަ ސަރަހައްދުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައެވެ. އައިއެސް އިން ބަގްދާދުގައި ދެމުން ގެންދާ މިފަދަ ހަމަލާތައް ވަނީ އިތުރުވެފައެވެ.