މިއަހަރުގެ ޢަޟްޙާ ޢީދަށްޓަކައިވެސް އެންމެ ދީލަތި ވެރިއެއްގެ މަޤާމް ޔޫއޭއީގެ ޚަލީފާ ޝައިޚް ޚަލީފާ ބިން ޒައިދް އަލްނަހްޔާން ވެވަޑައިގެންފިއެވެ.
އަޟްޙާ ޢީދާއި ގުޅުވައިގެން ދެއްވި މި ފުރުޞަތުގައި ވިދާޅުވެފައިވަނީ މީހަކަށް ދައްކަންޖެހޭ އެއްވެސް ފައިސާ އެއް އޮތް މީހަކު މި ލިސްޓުގައި ހިމެނޭނަމަ އެމީހަކަށް މިނިވަންވެވޭނީ އެފައިސާއެއް ދެއްކުމުން ކަމަށެވެ.
ޚަލީފާ ވިދާޅުވެފައިވަނީ ދެވަނަ ފުރުޞަތެއް ދެއްވަވަނީ އިޞްލާޙްވުމަށް ކަމަށާއި އެނބުރި ޖަލަށް އަންނަންޖެހޭ ކުށްވެރިންނަށް ޖަލުގައި އަދަބު ބޮޑުވާނެކަމަށާއި ދެވޭ އިނާޔަތްތައްވެސް މަދުކުރެވޭނެ ކަމަށެވެ.