ގިނަ ބައަކަށް އޯވަރޑޯޒްވާ މިންވަރަށް ލީތަލް އިންޖެކްޝަންޖަހައި މެރިކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާފައިވާ ޖަރުމަނުގެ ފިރިހެން ނަރުސް، ނީލްސް ހޯގެލް (40އ)މެރިމީހުންގެ އަދަދު މިހާރުވެސް 90 އަށްވުރެ ގިނަ ވެފައިވާކަން ހާމަވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ރިޕޯޓް ބުނާ ގޮތުން އޭނާ މެރި މީހުންގެ އަދަދު މިއަށްވުރެވެސް އިތުރުވާނެއެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން ސާބިތުކުރެވެން ނެތީއެވެ.
ު އޭނާ ހައްޔަރުކުރީ 2 މީހެއްގެ މަރައި ގުޅިގެން ކުރެވުނު ތުހުމަތުތަކުގައެވެ. އޭނާ ވަނީ 30 މީހުން މެރިކަމަށް އެއްބަސްވެފައެވެ. ބެލެވޭގޮތުން މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ޖަރުމަނުގައި ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާއެވެ.