އދގެ ސެކެޓްރީ ޖެނެރަލް އިޒްރޭލުގަ- އެއްވެސް ބަދަލެއް އަންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އދގެ ސެކެޓްރީ ޖެނެރަލް އިޒްރޭލުގަ- އެއްވެސް ބަދަލެއް އަންނާނެތަ؟
އދގެ ސެކެޓްރީ ޖެނެރަލް އެންޓޭނިއޯ މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިޒްރޭލަށް ވަޑައިގެން ޔަހޫދީ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަޔާންހޫ އާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ވަނީ އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތަކާއިބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެންޓޭނިއޯ މަޝްވަރާކުރެއްވީ 2 ސްޓޭޓް ޕޮލިސީއަށެވެ. ނަމަވެސް އެ އަޑު ނަތަޔާންހޫއަށް އިނުކަން އެނގިފައެއް ނުވެއެވެ.

ސެކެޓްރީ ޖެނެރަލް ވަނީ ފަލަސްޠީނުގެ ބިންތަކުގައި އިތުރު ގެތައް އަޅައި ޔަހޫދީން ވަޒަންވެރި ނުކުރުވުމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މިކަމަކީވެސް ޔަހޫދީން ހުއްޓާނެ ކަމެއް ނޫނެވެ.

ސެކެޓްރީ ޖެނެރަލް މާދަމާ ރާމަﷲ އަށް ވަޑައިގެން ފަލަސްޠީނުގެ ރައީސް އާއި ބައްދަލުކުރެއްވުމަށާއި އަދި ޣާޒާއަށް ވަޑައިގެން ހަމާސް އާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އދގެ ނަން ކިތަންމެ ބޮޑު ނަމަވެސް އދގެ ރިމޯޓް އޮތީ އެމެރިކާގައިކަމަށްވުމުން އެމެރިކާ ނުރުހޭ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް ބާރެއް އދ އަކު ނެތެވެ.
މިއަދު އޮންލައިން