ބްލޫ ވޭލް ގޭމްކުޅޭ ކުދިން ދަންޖެހުން އިތުރުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބްލޫ ވޭލް ގޭމްކުޅޭ ކުދިން ދަންޖެހުން އިތުރުވަނީ
މިހާރު ތައާރަފްވެ ގިނަ ބައަކު ކުޅެމުން ގެންދާ ގޭމެއް ކަމަށްވާ ބްލޫ ވޭލް ގޭމްކުޅޭ ކުދިން ދަންޖެހެމުންދާ އަދަދު ދަނީ އިތުރުވަމުންނެވެ.

ދަންޖެހިފައި ހުއްޓައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހަމިރުޕޫރުގެ ޑިސްޓްރިކްޓުން ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ކައިރީގައި އޭނާގެ ބައްޕަގެ ފޯނުއޮތެވެ. ފޯނުން ކުޅެމުންދިއައީ އެ ގޭމްކަންވެސް އެނގުނެވެ. އެގޭމުގައި އަންގާ ގޮތުން ގޭމުގެ ވަކިހިސާބަކުން ދަންޖެހެން ޖެހެއެވެ.

ޢާއިލާއިން ބުނެފައިވަނީ ބައްޕަ ނިދުމުން ފޯނު ނަގައިގެން އެ ގޭމް ކުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެގޭމުގައި މިހައި ނުރައްކައުތެރިކަންކަން ހުރިކަން ޢާއިލާއަށް ނުއެނގޭ ކަމަށެވެ.

ޢާއިލާއިން ބުނީ ޢާއިލާގައި ހުރި ހަމައެކަނި ދަރިފުޅު ކޮޓަރިއަށް ވަދެ ދޮރު ތަޅުލީ ކަމަށެވެ. ޕާޓީއަކަށް ދާން އޮވެމެ ކޮޓަރިން ނުނުކުމެގެން ބެލިއިރު ދޮރު ހުރީ ތަޅުލައިފައެވެ. ތަޅު ހަލާކުކޮށްލައިގެން ވަދެ ބެލިއިރު ދަރިފުޅު ހުރީ ދަންޖެހިފައެވެ.

ފުލުހުން ބުނަނީ މި ގޭމުގެ ސަބަބުން ކުދިންގެ މިޒާޖަށް ވަރަށް ނޭދެވޭ ބަދަލުތައް އަންނަ ކަމަށާއި އެ ގޭމް މަނާކުރަންޖެހޭ ކަމަށެވެ.

މިފަދަ ކޮންމެ ގޭމަކީ ޑައުންލޯޑްކޮށްގެން ކުޅެވެން ހުންނަ ގޭމަކަށްވާއިރު ދަރިންގެ އަމަލުތަކަށް މައިން ބަފައިންގެ ސަމާލުކަން އިތުރުކުރުން ވަރަށް މުހިންމުކަމަށް ފުލުހުން ބުނެއެވެ.

މިގޭމު ރާއްޖޭގައިވެސް ކުޅުމަކީ އެކަށީގެނވާ ކަމެކެވެ. އެހެންކަމުން ބެލެނިވެރިންގެ ސަމާލުކަން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން