ޝަންހާއީގައި ކާނާ ޑެލިވަރީކުރާ ފަރާތްތަކާ އެ ޤައުމުގެ ފުލުހުން ބައްދަލުކޮށްފިއެވެ.
މި ބައްދަލުކުރުމަކީ މިފަހަކަށް އައިސް އެ ޤައުމުގައި ކާނާގެ ބާވަތްތައް ޑެލިވަރީކުރާ ފަރާތްތައް އެކްސިޑެންޓުވުން އިތުރުވެފައިވާތީ މިކަމަށް ހައްލެއް ހޯދުމަށް ބޭއްވި މަޝްވަރާތަކެކެވެ.
ފާއިތުވި ހަފުތާގައިވެސް 76 ވެހިކަލެއް އެކްސިޑެންޓުވެފައިވާ އިރު، ޝަންހާއީގެ ޓްރެފިކް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ބާރުބޮޑުވަމުންނެވެ. އެކަމުގެ ސަބަބުން ޑެލިވަރީކުރާ ފަރާތްތަކުން މަސައްކަތުގައި ފަރުވާކުޑަކުރާކަމުގެ ޝަކުވާތަކާއި ލަސްވާކަމުގެ ޝަކުވާތައް ކުންފުނިތަކަށް އަންނަނީ ލިބެމުންނެވެ.
ކުންފުނިތަކުން ބުނެފައިވަނީ މި ބައްދަލުވުމުގެ ސަބަބުން މިފަދަ ކަންކަމަށް އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޭނުންވަނީ ކަސްޓަމަރުންނަށްދީފައިވާ ވަގުތުގައި އެ ކަސްޓަމަރަކު ބޭނުންވާ އެއްޗެއް ފޯރުކޮށްދިނުން ކަމަށެވެ.