ޢުމުރުން އެންމެ 24 އަހަރު – އެއް އަތާއި އެއްފައި ނެތް، އެކަމަކު ހިތްވަރުގަދަކަމުގެ ނަމޫނާއެއް!

ކިޔުމަށް ހޭދަވާނީ 1މ 36ސ
ޢުމުރުން އެންމެ 24 އަހަރު – އެއް އަތާއި އެއްފައި ނެތް، އެކަމަކު ހިތްވަރުގަދަކަމުގެ ނަމޫނާއެއް!
ޢުމުރުން އެންމެ 24 އަހަރުގެ ގުއޯ ޝައޯޔޫ އަކީ އެއްއަތާއި އެއްފައި ނެތިދިއުމުގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ ޒުވާނެކެވެ.

މިއީ އޭނާ އުފަންވި އިރު، ހުރި ގޮތެއް ނޫނެވެ. އޭނާ އުފަންވީ 1993 ވަނަ އަހަރު ލިއޮނިންގއަށެވެ. ނަމަވެސް އޭނާގެ ޢުމުރުން 15 އަހަރުގައި 2008 ވަނަ އަހަރު އޭނާއަށް މެދުވެރިވި ހިތާމަވެރި ހާދިޘާއެއްގެ ސަބަބުން ކަނާއަތާއި ކަނާތުފައި ވަނި ބުރިކޮށްލާފައެވެ.

މި ހާދިޘާ މެދުވެރިވީ މަތީ ކަރަންޓު (ހައި ވޮލްޓޭޖު) ކޭބަލެއްގައި ޖެހުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ފާއިތު ދުވަސްތަކުގައި އޭނާ ދިރިއުޅެމުންދިޔައީ ވަރަށްވެސް ވޭނާއި ހިތާމައިގައެވެ. އަދި ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތްތައްވެސް ވަނީ ބޭކާރުވެފައެވެ.

އެހެނަސް ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުގެ ނަތީޖާއަކަށް މިއަދުވެފައިވަނީ މުޅި ޗައިނާވެސް ދަންނަ ޒުވާން، ހީވާގި ޒުވާނަކަށް އޭނާވުމެވެ.

އަމިއްލައަށް އުފެއްދި ބައިސްކަލެއްގައި ކޮންމެ ދުވަހަކު ޗައިނާގެ އެކި ހިސާބުތަކުގައި ދުއްވާ، ބޫޓާއި ފައިވާން ޕޮލިޝް ކޮށްދިނުމާއި ގޭތެރޭގެ ބައެއް މަސައްކަތްތައް އޭނާ އަންނަނީ ކޮށްދެމުންނެވެ. ފަރުވާތެރިކަމާއި ގަޑިއަށް ފަރުވާ ބެހެއްޓުމާއެކު ހަވާލުކުރާ މަސައްކަތް ބަރާބަރަށް ކުރަމުން ގެންދިއުމުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ.

"މިހާރު އަހަރެން ވަރަށް އުފާވޭ. އަމިއްލައަށް މަސައްކަތްކޮށްގެން ފައިސާ ހޯދަނީ. ބޭނުން ގަޑިއަކު ގޮއްސަ، މަސައްކަތް ކުރަންވީ. އަނެއްކާ އަހަރެން ބޭނުންވަރަކަށްދޯ ކޮންމެދުވަހަކުވެސް މަސައްކަތް ކުރަންވީގޮތް ނިންމާނީ" ގުއޯ ޝައޯޔޫ ބުންޏެވެ.

ޢާންމުގޮތެއްގައި ކޮންމެ ދުވަހަކުވެސް 2200 ކިލޯމީޓަރގެ ރާސްތާއެއް އޭނާ ކަނޑައްތުކުރެއެވެ. އޭނާ އާއި ޢާއިލާގެ މީހުންގެ ބަނޑުފުރާނަ މުއްތިކުރުމުގައެވެ.

އެއްއަތާއި އެއްފައި ނެތަސް ގޮތް ހުސްވެ، މާޔޫސްވާން ނުޖެހޭނެކަން އޭނާ އެ އަންނަނީ ހާމަކޮށްދެމުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބި ކުޅެދޭ މީހުންގެ ތެރޭގައި މިފަދަ ހިތްވަރެއް ހުރީ ކިތައްމީހުންގެބާއޭ ހިތަށް އަރައެވެ.
މިއަދު އޮންލައިން