ހައްޖަށް މީހުންގެންދާ ފްލައިޓްތައް އަޕްގްރޭޑްކޮށް 380 އޭ އަށް ބަދަލުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ހައްޖަށް މީހުންގެންދާ ފްލައިޓްތައް އަޕްގްރޭޑްކޮށް 380 އޭ އަށް ބަދަލުކުރަނީ
ހައްޖަށް މީހުން ގެންދާ ފްލައިޓްތައް އެއްފަހަރާ 700 މީހުން އުފުލޭ 380 އޭ ގެ ފްލައިޓްތަކަށް އަޕްގްރޭޑް ކުރަން ޤައުމުތަކުން ވިސްނަން ފަށައިފިއެވެ.

މިފަދަ ވިސްނުމެއް ގެންގުޅެން ފެށީ ހައްޖަށް ދާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނާތީ އާއި ކުރުމުއްދަތެއްގެ ތެރޭގައި އެތައް ހާސް ބައަކު މައްކާއަށް ގެންދަން ޖެހޭތީ އެވިއޭޝަން އޮތޯރިޓީ ތަކަށް ކުރިމަތިވާ މައްސަތައް ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ދަތުރުކުރެވުމުން ޖިއްދާ އާއި މަދީނާގައި ޖައްސަންޖެހޭ ފްލައިޓްތަކުގެ އަދަދު މަދުވާނެއެވެ.

އެއާޕޯޓްގެ ރަންވޭ އަށައި އޭޕްރަންއަސްވެސް ލުއިތަކެއް ލިބިގެންދާނެއެވެ. ފުރިހަމަ އިންތިޒާމެއްގެދަށުން ފަސިންޖަރުން ޓަރމިނަލުން ނުކުންނަނަމަ ތޮއްޖެހިގެން ނުތިބެ ދަތުރުތަކަށް ފަށައިގަނެވޭނެއެވެ.

މެލޭސިޔާފަދަ ބައެއް ޤައުމުތަކުން މިހާރުވެސް ގެންދަނީ މިކަންކަމަށް މަޝްވަރާކުރަމުންނެވެ. މަޝްވަރާތަކުން އެދެވޭ ނަތިޖާއެއް ނެރެވިއްޖަނަމަ އެތައް ހާސް މީހުންގެ ކޯޓާ ލިބޭ ޤައުމުތަކަށް ވަރަށް ބޮޑުތަން ކަންކަން ފަސޭހަވެގެންދާނެއެވެ.
މިއަދު އޮންލައިން