މިޑްނައިޓް ރަން ބާއްވާ ތާރީޚު އަނެއްކާވެސް އިޢުލާންކޮށްފި

ކިޔުމަށް ހޭދަވާނީ 46ސ
މިޑްނައިޓް ރަން ބާއްވާ ތާރީޚު އަނެއްކާވެސް އިޢުލާންކޮށްފި
މިޑްނައިޓް ރަން ބާއްވާ ތާރީޚު އަނެއްކާވެސް އިޢުލާންކޮށްފިއެވެ.

މި އިވެންޓު އިންތިޒާމުކުރާ ފަރާތުން ބުނީ މިޑްނައިޓް ރަން ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޯބަރ 19 ވާ ބްރާސްފަތި ދުވަހުގެރޭ ކަމަށެވެ. ނަމަވެސް ދުވުން ބާއްވާނީ މާލޭގައި ކަމެއް ނުވަތަ ހުޅުމާލޭގައި ކަމެއް ނުބުނެއެވެ.

މިދުވުން ބޭއްވުމަށް އެންމެފުރަތަމަ އިޢުލާން ކުރީ މިއަހަރުގެ މާރޗު މަހުގެ 16 އެވެ. އަދި އެއަށްފަހު މެއި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ. ނަމަވެސް އެ ތާރީޚުގައިވެސް ބޭއްވޭގޮތް ނުވުމުން ދެން އިޢުލާންކޮށްފައިވަނީ ޖުލައި މަހުގެ 13 ވާ ބްރާސްފަތި ދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ.

އެހެންނަމަވެސް އެ ތާރީޚުވެސް ފަހަނައަޅާ ދިއުމުން މިޑްނައިޓް ރަން ދެން މިއަހަރު ނުބާއްވާނެ ކަމަށް ގިނަބަޔަކު ހީކޮށްގެންތިއްބާ އަނެއްކާވެސް މިވަނީ އޮކްޓޯބަރ މަހުގެ 19 ގައި ބޭއްވުމަށް އިޢުލާންކޮށްފައެވެ.


މިއަދު އޮންލައިން