ޗައިނާއިން ހައި-ސްޕީޑް އެއަރޮ‍ޓްރެއިންއެއް އުފައްދަނީ..

ކިޔުމަށް ހޭދަވާނީ 34ސ
ޗައިނާއިން ހައި-ސްޕީޑް އެއަރޮ‍ޓްރެއިންއެއް އުފައްދަނީ..
ޗައިނާއިން ހައި-ސްޕީޑް އެއަރޮ‍ ޓްރެއިންއެއް އުފައްދުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ގަޑިއަކު 1000 ކިލޯމީޓަރު ބާރުމިނުގައި ދުއްވުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެއް ކަމަށް ޗައިނާ ޑެއިލީ އިން ބުނެއެވެ.

ޗައިނާ އެއޮރޮ-ސްޕޭސް ސައެންސް އެންޑް އިންޑަސްޓްރީ ކޯޕަރޭޝަނުން ބުނެފައިވަނީ މި އުޅަނދު ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް ކާމިޔާބު ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ މިވަގުތު ޓެސްޓު ކުރަމުންދަނީ ގަޑިއަކު 1000 ކިލޯމީޓަރު ބާރުމިނުގައި ދުއްވޭ އުޅަނދެއް ނަމަވެސް ކުރިއަށްއޮތް ތަނުގައި ގަޑިއަކު 2000 އަދި 4000 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރެވޭނެ އެއަރ ޓްރެއިން އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.

މިއަދު އޮންލައިން