ޕްރީ ވަރލްޑްކަޕް ޕްރޮމޯޝަންގެ ނަމުގައި ރީފް ސައިޑުން ރޯޑު ޝޯވއެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 51ސ
ޕްރީ ވަރލްޑްކަޕް ޕްރޮމޯޝަންގެ ނަމުގައި ރީފް ސައިޑުން ރޯޑު ޝޯވއެއް ބާއްވައިފި
ޕްރީ ވަރލްޑްކަޕް ޕްރޮމޯޝަންގެ ނަމުގައި ރީފް ސައިޑުން ރޯޑު ޝޯވއެއް ބާއްވައިފިއެވެ.

މިއީ 2018 ވަނަ އަހަރު ބާއްވާ ވަރލްޑް ކަޕަށް ތައްޔާރުވުމުގެގޮތުން ރީފްސައިޑުގެ ފަރާތުން ބޭއްވި ރޯޑުޝޯވއެކެވެ. މި ރޯޑުޝޯވ ބާއްވާފައިވަނީ މާލޭ ހުޅަނގުދެކުނު ހާބަރުގައެވެ.

މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ރީފްސައިޑުން ބުނީ ފުޓްބޯޅައަކީ މުޅި ދުނިޔޭގައިވެސް ޚާއްސަކޮށް ރާއްޖޭގައިވެސް އެންމެގިނަ ބަޔަކު ގަޔާވާ ކުޅިވަރު ކަމަށްވާތީ، ވަރލްޑް ކަޕްގެ ފޯރި އިތުރަށް އަށަގެންނެވުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ.

ރީފް ސައިޑުން އިތުރަށް ބުނީ އެ ކުންފުނީގެ ހުރިހާ ފިހާރައަކުން ކޮންމެ އެއްޗެއް ގަން ކަމުގައިވިޔަސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

ރީފް ސައިޑަކީ އިލެކްޓްރޯނިކް ސާމާނާއި ޓީވީ އަދި ގަޑިފަދަ ތަފާތު ސާމާނު ވިއްކާ އެންމެ ގިނަދުވަސްވީ އެއްކުންފުންޏެވެ. އަދި އެކުންފުނިން ވިއްކާ ތަފާތު ބްރޭންޑުތަކަކީ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ބާވަތްތަކެވެ.
މިއަދު އޮންލައިން