މޮޔަ މަންމައެއް، ހަތަރު ބުރީގެ އިމާރާތަކުން އަމިއްލަ ދަރި ވައްޓާ މަރާލައިފި

ކިޔުމަށް ހޭދަވާނީ 1މ 37ސ
މޮޔަ މަންމައެއް، ހަތަރު ބުރީގެ އިމާރާތަކުން އަމިއްލަ ދަރި ވައްޓާ މަރާލައިފި
މޮޔަ މަންމައެއް އޭނާގެ، އުމުރުން ހަތް އަހަރުގެ އަންހެން ދަރިފުޅު ހަތަރު ބުރީގެ އުސް އިމާރާތަކުން ދެފަހަރަށް ވައްޓާ މަރާލައިފިއެވެ.

ޖޭޕީ ނަގަރް ގައި ދިރިއުޅޭ މިއަންހެން މީހާ، އޭނާގެ ދަރިފުޅު ވައްޓާ މަރާލީ އޭނާ ދިރިއުޅޭ އިމާރާތުގެ ޓެރެސް މަތިން މިދިޔަ އާދީއްތަ ދުވަހުއެވެ.

ސްވާތީ ސަރްކާރް ނަމަކަށް ކިޔާ މިއަންހެން މީހާ އޭނާގެ ދަރިފުޅު އަޝީކާ ސަރްކާރް ގެ އަތުގައި ހިފާ ޓެރެސްއަށް ގެންދިޔަ މަންޒަރު ފެނުން ކަމަށް އެހިސާބުގަނޑު މީހުންވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައެވެ. ފުލުހުން ބުނި ގޮތުގައި ސްވާތީ އޭނާގެ ދަރިފުޅު، އިމާރާތުގެ މަތިން މީހުން ނޫޅޭ ހިސާބު ތިރިއަށް ވައްޓާލިއެވެ. އަދި އެއަށްފަހު ތިރިއަށް އެކުއްޖާ ނަގާފައި، އެކުއްޖާ ނަގައިގެން މައްޗަށް އެރުމަށްފަހު އަނެއްކާވެސް މަތިން ތިރިއަށް ވައްޓާލިއެވެ.

އެންމެ ފުރަތަމަ އެކުއްޖާ ވައްޓާލުމަށްފަހު ނަގައިގެން ގެންދަނިކޮށް ބައެއް މީހުންނަށް ވަނީ ފެނިފައެވެ. އަދި އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން، އެއީ އެއްވެސް މީހަކާއި ބެހޭ ކަމެއް ނޫނޭ ބުނެ، އޭނާވަނީ ދެވަނަ ފަހަރަށް ޓެރެސް މައްޗަށް އަރާ އަޝީކާ ވައްޓާލާފައެވެ.

ދެވަނަ ފަހަރަށް އެކުއްޖާ އެއްލާލި މަންޒަރު ބައެއް މީހުންނަށް ފެނިފައިވާއިރު، އަޝީކާ ވައްޓާލުމަށްފަހު ސްވާތީ މަސައްކަތް ކުރީ އެތަނުން އަވަހަށް ފިލާށެވެ. ނަމަވެސް އެހިސާބުގަނޑު ބައެއް މީހުން ސްވާތީ އަތުލައިގަނެ، ހޮޅިދަނޑިއަކާއިލާ ބަނުމަށްފަހު ފުލުހުންނަށް ރިޕޯޓު ކުރިއެވެ.

ސްވާތީ ގެ ފިރިމީހާ ކަންޗަން ސަރްކާރް ފުލުހުންނަށް މަޢުލޫމާތު ދެމުން ބުނީ، އޭނާގެ އަންހެނުންނަކީ ސިކުނޑީގެ މައްސަލައެއް ކޮންމެވެސް ވަރަކަށް ހުންނަ މީހެއް ކަމަށެވެ. އަދި އެމީހުންގެ ދަރިފުޅު އަޝީކާއަކީ ރަނގަޅަށް ވާހަކަ ދެއްކޭ ކުއްޖަކަށް ނުވުމުން، އަރައިގަންނަ ވަރުގަނޑެއްގައި އަޝީކާއަށް ކުރިން ވެސް އޭނާގެ އަންހެނުން އަނިޔާ ކުރި ކަމަށް ކަންޗަން ބުންޏެވެ.
މިއަދު އޮންލައިން