ޓްރަމަޕުގެ ރުޅި ވާ މަޑު- މުސްލިމުންނަކީ ޓެރަރިސްޓުންނޭ ބުނާއިރު ހަވާއީންވެސް ހައްޖަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޓްރަމަޕުގެ ރުޅި ވާ މަޑު- މުސްލިމުންނަކީ ޓެރަރިސްޓުންނޭ ބުނާއިރު ހަވާއީންވެސް ހައްޖަށް!
އެމެރިކާގެ ރައީސް ޓްރަމްޕަށް ބަލައިފިނަމަ އެނާއަކީ ކޮންމވެސް ގޮތަކުން މުސްލިމުންނަސް ގޯނާއެއް ކޮށްލަން ވަރަށްބޮޑަށް ބޭނުންވެގެން ހުންނަ މީހެކެވެ. އެހެންކަމާއިއެކުވެސް އޭނާގެ ވެރިކަމުގެދަށުގައި އޮންނަ ހަވާއީ އިންވެސް މީސްތަކުން ހައްޖަށް ދަނީއެވެ.

ކޮން ފަދަ ބުރަ މަސައްކަތަކުންތޯއެވެ. 25 ގަޑިއިރިރާއި ގާތަށް އުދުހިގެންނެވެ. ފްލައިޓުގައި އުދުހުމުގެ ވަގުތު މިވަރުވާއިރު ދެން ކުރަންޖެހޭ ކަންކަމަށް ހުއްދަވާނެ ވަގުތުތައް ހާދަގިނަވާނެއެވެ.

ހައްޖަށް މިހާރު ގޮސްފައިވާ މީހުންގެ އަދަދު މިއަހަރުވެސް ދެ މިލިއަނަށްވުރެ ގިނަވެފައިވާއިރު ހަވާއީގެ މުސްލިމުން ފަދައިން ބޮޑެތި ތަކުލީފްތަކާއިއެކު ހައްޖަށް ގޮސްތިބި އެތައް ހާސް މީހުން ހިމެނެއެވެ.

މިއަހަރު ހައްޖަށްދާނެ ޤައުމުތަކަށް ބަލާއިރު 178 ޤައުމު ހިމެނެއެވެ. އެހެންކަމުން މިނިވަންކަމާއިއެކު ރައްޔިތުން ދިރިއުޅެމުން ގެންދާ ހުރިހާ ޤައުމަކުން ވެސް މިއަހަރު ހައްޖަށް ދާނެއެވެ.

ޓްރަމްޕްފަދަ މުސްލިމުންގެ މައި ހަތުރުންނަށް އަސަރުކުރާނެއެވެ. ޤަބޫލުކުރަންވީ މާތް ﷲ ގެ މަތިވެރިކަމެވެ. މާތް ﷲ ގެ ދީން ފެތުރުން ނުހުއްޓުވޭނެ ކަމެވެ. ދާނީީ ކުރިއަރަމުން ކަމެވެ.
މިއަދު އޮންލައިން