ޙައްޖުވެރިންގެ ޚިދުމަތުގައި 2500 އަށްވުރެ ގިނަ އަންހެން ވޮލަނޓިއަރުން ހަރަކާތްތެރިވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޙައްޖުވެރިންގެ ޚިދުމަތުގައި 2500 އަށްވުރެ ގިނަ އަންހެން ވޮލަނޓިއަރުން ހަރަކާތްތެރިވަނީ
މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިންގެ ޚިދުމަތުގައި 2500 އަށްވުރެ ގިނަ އަންހެން ވޮލަންޓިއަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ސައުދީ ރެޑް ކްރެސެންޓުން ބުނެފިއެވެ.

ރެޑް ކްރެސެންޓުގެ ކޮންސަލްޓަންޓް އަސްމާ އަލްރިފާޢީ ވިދާޅުވީ ރެޑް ކްރެސެންޓުގެ ބެލުމުގެދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެ އަމަލީ ގޮތުން މަސައްކަތްކުރުމަށް 2500 އަށްވުރެ ގިނަ އަންހެނުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އަސްމާ ވިދާޅުވީ ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ފުޅައު ދާއިރާއެއްގައި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.

އަސްމާ ވިދާޅުވީ އަންހެން ވޮލަންޓިއަރުންގެ ތެރޭގައި ގިނަ އަދަދެއްގެ ޞިއްޙީ މަދަދުވެރިންނާއި އަދި ދަރިވަރުންވެސް ހިމެނޭ ކަމަށެވެ. ހައްޖަށް އަންނަ މީހުންނަށް ޚިދުމަތް ކުރުމަކީ މަތިވެރި ދީނީ އަޅުކަމެއްގެ އިތުރުން އެއީ އިޖުތިމާޢީ ގޮތުންވެސް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
މިއަދު އޮންލައިން