އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ރޭލް ސްޓޭޝަނެއްގައި ސގިރޭޓުގެ ބަދަލުގައި ބޭނުންކުރާ އީ-ސިގިރޭޓެއް ގޮވުމުން ސްޓޭޝަން ކުއްލި ހާލަތަށް ގެންގޮސް ސްޓޭޝަނުން މީހުން ހުސްކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ މިހާދިސާ ހިނގުމުން ސްޓޭޝަނުގައި އެއް އަޑަކަށް ގުގުމާލާފައި ހުރީ ސްޓޭޝަން ދޫކޮށް އަވަހަށްނުކުތުމަށް ފުލުހުން ގޮވަމުން ދިއަ އަޑެވެ. ފުލުހުން ކުރި އަމުރާއެކު އެންމެން ވަނީ ތަންދޫކޮށް ބޭރަށް ނުކުމެފައެވެ.
ފުލުހުން ބުނީ ހާދިސާ ތަޙްޤީޤްކުރަމުން ގެންދާ ކަމަށާއި މިހައިތަނަށް ލިބުނު މައުލޫމާތުން އެނގެނީ އެއްޗެއް ގޮވި އަޑު އިވުނީ ދަބަހެއްގައި އޮތް އީ-ސިގިރޭޓެއް ގޮވުމުން ކަމަށެވެ.
އިނގިރޭސިވިލާތުގައި ޓެރަރިސްޓް ހަމަލާތައް ދިނުން އިތުރުވެފައިވާތީ މިބާވަތުގެ ކަންކަމަށް ގެންދަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ.