ޙައްޖުވާ އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 104 އަހަރުގެ އިބޫ މާރިއާ ސަލްމާން ރަސްގެފާނަށް ޝުކުރުއަދާކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ޙައްޖުވާ އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 104 އަހަރުގެ އިބޫ މާރިއާ ސަލްމާން ރަސްގެފާނަށް ޝުކުރުއަދާކޮށްފި!
ހައްޖުގެ މަތިވެރި އަޅުކަން އަދަކުރާ މީހުންގެ ތެރޭގައި ހިމެނޭ އިންޑޮނޭސިއާގެ އަންހެނެއް ކަމަދްވާ އުމުރުން 104 އަހަރުގެ އިބޫ މާރިއާ ސަލްމާން ރަސްގެފާނަށް ޝުކުރު އަދާކޮށްފިއެވެ.

އޭނާއަށް ހައްޖުވުމުގެ ފުރުޞަތު ލިބިފައިވަނީ ސަލްމާން ރަސްގެފާނުގެ ދީލަތި އެހީފުޅުގެދަށުންނެވެ. ހޮނިހިރު ދުވަހު ހައްޖުވުމަށް ދިއަ ހިސާބުން ފެށިގެން އޭނާއަށް ވަނީ ޚާއްސަ ސަމާލުކަމެއް ދީފައެވެ.



އިބޫ މާރިއާ އަކީ އުމުރުން ދުވަސްވުމުގެ އިތުރުން ގިނަ ބަލިތަކަކަށް ބޭސްކުރަމުން ގެންދާ އަންހެނެކެވެ. އެނާ ބުނީ އެނާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއްވެސް އަންނަނީ ވަރަށް ފުރިހަމައަށް ލިބެމުން ކަމަށެވެ.

އިންޑޮނޭސިއާ އިން މިއަހަރު ހައްޖުވުމަށް 221،000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއެވެ. އިބޫ މާރިޢާ ވެސް ހައްޖުގެ މަތިވެރިކަން އަޅުކަން އަދަކުރާނީ އެމީހުންނާއިއެކުގައެވެ.
މިއަދު އޮންލައިން