ބޮޑު ޢީދަށް ޚާއްސަ ޑޭޓާ ޕްލޭންތަކާއި ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ބޮޑު ޢީދަށް ޚާއްސަ ޑޭޓާ ޕްލޭންތަކާއި ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި
ބަރަކާތްތެރި އަޟްހާ ޢީދު ދުވަހުގެ އުފަލާއި ގުޅިގެން ދިރާގުން ބޮޑު ޢީދު ޑޭޓާ ޕެކް ގެ ނަމުގައި ވަރަށް ޚާއްސަ ޑޭޓާ ޕެކްތަކެއްތައާރަފް ކޮށްފިއެވެ.

ޑޭޓާ ޕެކް ތަކުގެ ގެ އަގަކީ އެއް ޖީބީ 99ރ. އަށް، ހަތަރު ޖީބީ 199ރ. އަށް އަދި ހަ ޖީބީ 249ރ. އަށެވެ. މީގެ އިތުރުން މި ކޮންމެ ޑޭޓާ ޕްލޭނެއް ނެންގެވިޔަސް ވައިބާ ބޭނުންކުރެއްވުމަށް 2GB ހިލޭ ޑޭޓާ ލިބިގެން ދާނެއެވެ.

ދިރާގުން ބުނެފައިވަނީ މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެކަމަށެވެ. މި ޕްރޮމޯޝަނުގައި ދިރާގުގެ މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓޕެއިޑް ކަސްޓަމަރުންވެސް މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރެއްވޭނެއެވެ.

މި ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރަން ޖެހެނީ #2*8*123* ގުޅައިގެންނެވެ. ނުވަތަ ADD(space)SMS KEYWORD ޖެހުމަށްފަހު 343 އަށް މެސެޖް ކޮށްގެން ވެސް އެ ޕެކް އެކްޓިވޭޓް ކުރެވެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 31އޮގަސްޓް 2017 އިން ފެށިގެން 3ސެޕްޓެމްބަރ 2017 ގެ ނިޔަލަށެވެ.

ދިރާގުން ބުނެފައިވަނީ ބޮޑު ޢީދު ދުވަހާ ގުޅިގެން މި ފަދަ ޕްރޮމޯޝަނެއް ހިންގުމުގެ އެއް މަގުސަދަކީ ދިރާގުގެ ޑިގިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުންކަމަށެވެ. ދިރާގަކީ ދިވެހި ރާއްޖޭގައި ޑިގިޓަލް އަދި މުވާސަލާތީ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުންޔެވެ.

މިއަދު އޮންލައިން