ޕާކިސްތާނުގެ ކުރީގެ ބޮޑވަޒީރު ބޭނަޒިރު ބުއްޓޫ އަށް ޖާނުން ފިދާވެގެން ދިން ހަމަލާގައި އެއިރުގެ ބޮޑުވަޒީރު ޕަރުވޭޒް މުޝައްރަފްގެ ބައިވެރިވުމެއް ނެތް ކަމަށް މައްސަލަ ބަލާ ކޯޓުން ނިންމައިފިއެވެ.
އެންޓި ޓެރަރިޒަމް ކޯޓުން ނިންމި ގޮތުގައި މިކަމުގައި ކުށްވެރިވާ 6 މީހެކެވެ. އެއިގެ ތެރޭގައި ފުލުހުންގެ 2 އޮފިސަރުން ހިމެނެއެވެ.
އެމީހުންނަސް ވަނީ 17 އަހަރުގެ ޖަލު ޙުކުމް އިއްވައިފައެވެ. މީގެ އިތުރުން ހުކުމްކުރި މީހުންނަށް ވަނީ 7 އަހަރާއި 10 އަހަރުގެ ޖަލު ޙުކުމް އިއްވައިފައެވެ.
ކޯޓުގެ ޙުކުމާއި ގުޅިގެން ބޭނަޒީރުގެ ޢާއިލާ އާއި ޕާޓީން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.