އުޟްޙިޔާ ކަތިލުމުގެ ވަގުތު އައިސް ޖެހުނުއިރު ސައުދިއަރަބިޔާގެ ބާޒާރުތަކުގައި ގެރި ބަކަރިފަދަ ޖަނަވާރުތަކުގެ އަގުތައް އުފުލިއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ގަނެގެން ގެންދާ ވަރަކަށް ސްޓޮކް ނެރޭތީ މަދުވުމުގެ މައްސަލަ ކުރިމަތިވާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އަގުތައް ވަނީ މިދިއަ އަހަރަށްވުރެ އުފުލިފައެވެ. ސަބަބެއް ކަމަށް ބުނަނީ މޫސުމީ މައްސަލަތަކުގައި ޖަނަވާރުތައް ސަޕްލައިކުރާ އަވަށްޓެރި ޤައުމުތަކުގެ ގިނަ އަދަދެއްގެ ޖަނަވާރުތައް މަރުވެފައިވުމެވެ.
އެންމެ ފަހުވަގުތު ބާޒާރުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އަސަރުކުރާނީ ސައުދީ ރައްޔިތުންނަށެވެ. ހައްޖުވެރިން ހައްޖަށް ގެންދާ ޖަމާޢަތްތަކުން ހުންނަނީ ކުރިއާލައި ޤްރްބާންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިފައެވެ.