3 މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް 48 ޑިގްރީގެ ހޫނު އިހްސާސް ނުވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
3 މިލިއަނަށްވުރެ ގިނަ މުސްލިމުންނަށް 48 ޑިގްރީގެ ހޫނު އިހްސާސް ނުވީ ކީއްވެ؟
އަރަފާތު ބިމުގައި ހޫނުމިން މިއަދު ހުރީ 48 ޑިގްރީގައި ކަމަށް ބެލެވޭއިރު އެ ބިމުގައި 3 މިލިއަނަށްވުރެ ގިނަ މުސްލިމުން މިއަދުގެ މުޅި ދުވަސް ހޭދަކުރި އެވެ.

ސަރުކާރުގެ ރަސްމީ އަދަދުތައް އެއަށްވުރެ މަދުވި ނަމަވެސް ބެލެވޭ ގޮތުން މިއަދު އަރަފާތު ބިމަށް ޖަމާވި މުސްލިމުންގެ އަދަދު 3 މިލިއަނަސްވުރެ ގިނަ ވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއިގެ ތެރެއިން ބައަކު ފޭލިގެތަކުގައި ހިޔަލުގައި ތިބި ނަމަވެސް އަރަފާތު ބިން ވަނީ އެކީއެކަށް ފުރި ބާރުވެފައެވެ.

ހޫނު މިން 48 ޑިގްރީގައެވެ. ފިނިކޮށްދޭން ސައުދީ ސަރުކާރުން ފެން ސްޕްރޭ ކުރިނަމަވެސް އެ ބިމުގައި ހުންނާނެ ހޫނު މިން ތަސައްވަރުކޮށްލުން ރަނގަޅެވެ.

އެމީހުން އެތަނަށް ގޮސް ތިބީ ކީއްކުރަންކަން އެމީހުންނަށް ވިސްނެއެވެ. އެހެންކަމުން ހޫނުމިނުން އެމީހުންނަށް ކުރީ ކިހައިވަރެއްގެ އަސަރެއްކަން ދެނެވޮޑިގެންވަނީ ހަމަ މާތް ﷲ އެވެ.

މުޅި ދުވަސް އެމީހުން ހޭދަކޮށްލީ މާތް ﷲ ދުޢާކުރުމުގައެވެ. ފާފުއްސެވުން އެދިއެވެ. މާތް ﷲ ގެ ރުއްސެވުމަށް އެދިއެވެ. ދުނިޔެއިން އެމިހުން އެދޭ ކަންކަމަށް އެދިއެވެ.

މުސްލިމުންގެ އަދާވާތްތެރިން ކަންބޮޑުވަނީ މިފަދަ ކަންކަމާއިހުރެއެވެ. އިސްލާމް ދީނުގެ ހިދާޔަތު ލިބިގެން ތިބޭ މީހުންގެ އަޤީދާގެ ވަރުގަދަކަމުންނެވެ. އެމީހުންގެ އަމިއްލަ ނަފްސަށް ބެލުމެއް ނެތި މާތް ﷲ ގެ ހަޟްރަތާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާތީއެވެ.
މިއަދު އޮންލައިން