ދެކުނު ސުމަޓްރާ ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ

ކިޔުމަށް ހޭދަވާނީ 22ސ
ދެކުނު ސުމަޓްރާ ކައިރިއަށް ބިންހެލުމެއް އަތުވެއްޖެ
ރާއްޖެއާއި 2924 ކިލޯމީޓަރު ދުރުގައި އޮތް އިންޑޮނޭޝިއާގެ ދެކުނު ސުމަޓްރާ ކައިރިއަށް 6.2 މެގްނިޓިއުޑް ގެ ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނިގޮތުގައި މިބިންހެލުމުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަކަށް ނުކުރާނެއެވެ.

މިބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އެއްވެސް އިންޒާރެއް އަދި ލިބިފައެއް ނުވެއެވެ.

މިއީ މިމަހު ދެކުނު ސުމަޓްރާ ކައިރިއަށް އައި ދެވަނަ ބިންހެލުމެވެ.

މިއަދު އޮންލައިން