އިސްލާމް ދީނުގެ ދިފާއުގަ ގަދައަޅައި މަސައްކަތްކުރުމަށް އިމާމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އިސްލާމް ދީނުގެ ދިފާއުގަ ގަދައަޅައި މަސައްކަތްކުރުމަށް އިމާމް ގޮވާލައްވައިފި
ދިވެހި ކޮންމެ ރައްޔިތަކީވެސް އިސްލާމް ދީނުގެ ދިފާޢުގައި ގަދައަޅައި މަސައްކަތްކުރާ މީހަކަށް ވުމަށް އައްޝައިޚް އަހްމަދު ސަމީރު ގޮވާލައްވައިފިއެވެ.

ޝައިޚް ސަމީރު މިކަމަށް ގޮވާލެއްވީ މިއަދުގެ ޢީދު ޚުޠުބާގައެވެ.

ޝައިޚް ސަމީރު ވިދާޅުވީ އިސްލާމް ދީން ބަލިކަށިކުރުމަށާއި އިސްލާމް ދީނަށް ގެއްލުން ދިނުމަށް އަދި އިސްލާމް ދީން ނައްތައިލުމަށް ދުޝްމިނުން ގެންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން ވާންޖެހޭނީ އިސްލާމް ދީނުގެ ދިފާޢުގައި ގަދައަޅާ މަސައްކަތްކުރާ ބައަކަށް ކަމަށެވެ.

ކާބަފައިންގެ މިންނަތް މަސައްކަތުން އަދި މަތިވެރި ޤްރްބާނީ އިން އަޅުގަނޑުމެންނަށް ވާރުތަކޮށްދީފައިވާ ރައްޖޭގެ ސައްތައިން ސައްތަ އިސްލާމީ ވަންތަކަން ދެމެހެއްޓުމާއި އަންނަން އޮތް ޖީލުތަކަށް އެގޮތުގައި ވާރުތަކޮށްދިނުމުގެ މުހިންމުކަންވެސް ޝައިޚް ސަމީރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކަމަކީ މިއަދުގެ ދިވެހި މުޖުތަމައުގެ މައްޗަށް އޮތް މަތިވެރި ވާޖިބެއް ކަމުގައިވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.
މިއަދު އޮންލައިން