ކަޕިލް ޝަރުމާ ޝޯވ ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 54ސ
ކަޕިލް ޝަރުމާ ޝޯވ ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފި
މަޝްހޫރު ކޮމެޑީ ޝޯވ "ދަ ކަޕިލް ޝަރުމާ ޝޯވ" ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

މިގޮތަށް ނިންމީ ޝޯވގެ ހޮސްޓް އަދި އެކްޓަރ ކަޕިލް ޝަރުމާގެ ސިއްޙީ ހާލަތު އިތުރަށް ގޯސްވަމުން އަންނާތީ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

ދަ ކަޕިލް ޝަރުމާ ޝޯވގެ ތަރުޖަމާނާއި ހަވާލީދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ޝޯވ ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިތުރު ހޮސްޓުންނާއި ވާހަކަދެއްކި ކަމަށެވެ. ނަމަވެސް ޝޯވގެ ނަމާއި ކަޕިލް ޝަރުމާއާ ގުޅިފައިވުމާއި ކަޕިލް ގެނެސްދެވިދާނެކަމަށް އެ ހޮސްޓުންވެސް ޤަބޫލު ނުކުރާތީ ޝޯވ ވަގުތީގޮތުން މެދުކަނޑާލީ ކަމަށެވެ.

ކަޕިލްގެ ސިއްހީ ހާލަތާއިގުޅިގެން މީގެ ކުރިންވެސް ވަނީ ދެތިން ޝޯވއެއްގެ ޝޫޓިންގ ހުއްޓާލާފައެވެ.

މިކަމާއިގުޅިގެން ކަޕިލް ޝަރުމާ ބުނެފައިވަނީ ޗެނަލްހެ އިސްވެރިންނަށް ވަރަށް ޝުކުރުއަދާކުރާ ކަމަށާއި މިވަގުތު އޭނާގެ ސިއްހަތަށް ވަރަށްބޮޑަށް ބަލަންޖެހޭ ކަމަށެވެ.

ސޮނީ ޗެނަލްއިން ބުނީ ކަޕިލްއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި ސިއްހަތު ރަނގަޅުވެ، ކަޕިލް އެނބުރިއައުމުން މުޅިން އައު އެޕިސޯޑުތަކަކާއެކު ޝޯވ ކުރިއަށް ގެންދާނެކަމަށެވެ.

މިއަދު އޮންލައިން