ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އާމިރު ޚާންގެ ފަރާތުން އިންޑިއާގެ ބިހާރު ސްޓޭޓަށް 25 ލައްކަ ރުޕީސް ހަދިޔާކޮށްފިއެވެ.
މިއީ އެ ސްޓޭޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށްދިން ހަދިޔާއެކެވެ.
މި ހާދިޘާގައި މިހާތަނަށް އެކާވީސް ޑިސްޓްރިކްޓަކަށް އަސަރުކޮށްފައިވާ އިރު، 415 މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ދަރްބާންގާ ޑިސްޓްރިކްޓުން އެކަނިވެސް 22 ކުރޯރު މީހުންނަށް އަސަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ގިނަ ހިސާބުތަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައެވެ.
މި ހާދިޘާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރިލީފް ފަންޑެއް މިހާރުވަނީ ހުޅުވާފައެވެ.
އާމިރު އޭނާގެ ޕްރޮޑަކްޝަން ހައުސް، އާމިރު ޚާން ޕްރޮޑަކްޝަންސްގެ ނަމުގައި މީގެ ކުރިންވެސް ވަނީ އެހީތެރިވެދީފައެވެ.