ޗައިނާގެ ރެސްޓޯރެންޓުތަކުގައި ބިލަށް ފައިސާދެއްކުމަށް ތަފާތު މެޝިނެއް ތަޢާރަފް ކުރުމަށް ނިންމާ، ބައެއް ރެސްޓޯރެންޓުތަކުގައި އަޖުމަބެލުމުގެގޮތުން މެޝިންތައް ބަހައްޓަން ފަށައިފިއެވެ.
މި މެޝިނަކީ ކައި ނިމުމަށްފަހު ބިލް ނައިސްގެން ނުވަތަ ބިލަށް ފައިސާ ދެއްކުމުން ބެލެންސް ނައިސްގެން ލަސްވާލަސްވުމަށް ހައްލެއް ގެނައުމުގެ ގޮތުން އުފެއްދި މެޝިނެކެވެ.
މި މެޝިންގެ ކުރިމައްޗަށް ހުއްޓިފަ ހީނލުމުން އެމީހެއްގެ ބިލު ޕްރިންޓުވެގެން ނުކުމެއެވެ. އަދި އޭޓީއެމްގެ ގޮތަށް ހުންނަ މި މެޝިން މެދުވެރިކޮށް ފައިސާ ދެއްކެއެވެ.
ޗައިނާއިން މިހާރުވަނީ މިކަހަލަ މެޝިން އެ ޤައުމުގެ ބައެއް ރެސްޓޯރެންޓުތަކުގައި ބަހައްޓާފައެވެ. އަޖުމަބެލުމުގެ ގޮތުން ބެހެއްޓި މި މެޝިން ކާމިޔާބުކަމާއެކު މަސައްކަތްކޮށް މީހުންގެ މެދުގައި މަޤުބޫލު އެއްޗަކަށް ވެއްޖެނަމަ، އެ ޤައުމުގެ ހުރިހާ ރެސްޓޯރެންޓެއްގައި މިކަހަލަ މެޝިން ބަހައްޓާނެކަމަށްވެއެވެ.