ބައްޕައަށް ދިން ޢީދު ހަދިޔާއިން ކަޅި ހުއްޓި ހޮސްޕިޓަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބައްޕައަށް ދިން ޢީދު ހަދިޔާއިން ކަޅި ހުއްޓި ހޮސްޕިޓަލަށް!
ރިޝާވީ އަކީ މަޣްރިބް ކަރައިގެ ރަށަކަށް ނިޞްބަތްވާ އަންހެން ކުއްޖެކެވެ. ކައިވެނި ކުރާ އުމުރަށް ދިއުމުން ކައިވެނި ކުރަން އުޅުމުން ކައިވެނިކުރަން އުޅުނު ކުއްޖާ އާއި މައިންބަފައިން ދެކޮޅު ހެދުމުން ކައިވެނީގެ ވާހަކަ ދެއްކުން ރިޝްވީ ހުއްޓައިލިއެވެ.

ރިޝްވީގެ މަސައްކަތުން ދުރުރަށަކުން ވަޒީފާއެއް ހޯދިއެވެ. އަދި ވަޒީފާއަދާކުރުމަށް އެރަށަށް ގޮސް ހުރުމުގައި ބައްދަލުވި ޒުވާނަކާއި ކައިވެނިކުރިއެވެ. ޢާއިލާއަށް އަންގައިވެސް ލުމަކާއި ނުލައެވެ.

ރިޝްވީ ދިއައީ ކޮންމެ އަހަރަކުވެސް ޢާއިލާއަށް ޒިޔާރަތް ކުރަމުންނެވެ. އެކި އަހަރު އެކި މުއްދަތަށެވެ. ލިބޭ އާމްދަނީން ބައެއް ޢާއިލާއަށް ހަދިޔާވެސް ކުރެއެވެ. ޢާއިލާ އިން ތިބީވެސް ވަރަށް އުފަލުންނެވެ. ރަނގަޅު ވަޒިފާއެއް ދަރިފުޅު އަދާކުރާތީއެވެ.

އިއްޔެގެ އީދު ނަމާދުން ފައިބައިގެން ބައްޕައާއި އާއިލާގެ މެންބަރުން ގެއަށް އައިއިރު ރިޝްވީ ގޭގައި އުޅެއެވެ. ކުޑަ 3 ކުއްޖަކުވެސް ގޭގައި އުޅެއެވެ. ބައްޕަށް އެކުދިން ފެނުމާއިއެކު ވަރަށް ތަފާތު އިހްސާސްތަކެއް ކުރެވުނެވެ. އަމިއްލަ ލޭގެ އަސަރު ކުރިއެވެ. ކުޑަކޮށް ހަމަޖެހިލަން މަސައްކަތްކުރުމަށްފަހު ސޯފާގައި އިށީނދެފައި ރިޝްވީއަށް ގޮވައި ގެނެސް މިއީ ކޮން 3 ކުދިންތޯ ސުވާލުކުރިއެވެ.

ރިޝްވީ ބުނީ އެއީ ބައްޕައަށް ގެނެސްދިން ޢީދު ހަދިޔާއެއް ކަމަށެވެ. އަދި ބައްޕައަކީ އެ 3 ދަރިންގެ ކާފަ ކަމަށެވެ.

ލިބުނު އުފަލާއިއެކު ކާފަ އޭނާގެ ލޯބިލޯބި 3 ދަރިން ކައިރިއަށް ގެނެސް ބައްދައިލިއެވެ. އުފަލުން ދަރިންގެ ނިތްކުރީގައި ބޮސްދޭން ފެށިއެވެ. އެއާއިއެކު ފެނިގެން ދިއައީ ކަޅި ހުއްޓި ހަށިގަނޑު ހިމޭންވި ތަނެވެ.

ހޮސްޕިޓަލަށް ގެންދިއުމުން ބެލުމަށްފަހު ޑޮކްޓަރުން ބުނީ ވިންދު ރަނގަޅު ކަމަށާއި ލިބުނު ޝޮކް ތަހައްމަލު ނުކުރެވުނީ ކަމަށެވެ. އެއީ އުފަލުން ލިބުނު ޝޮކަކަށްވާތީ އިތުރު ގެއްލުމެއް ވެސް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ކަންބޮޑުވާންޖެހޭ ކަމަކާއި ގުޅިގެން އެފަދަ ޝޮކެއް ނުލިބޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފައެވެ.
މިއަދު އޮންލައިން