"ﷲ އަކްބަރު- މިއޮތީ ބޮމެއް" ކަމަށް ގޮވައި ޓެރަރިޒަމަށް ފުރައްސާރަކުރި 9 މީހަކު ފްލައިޓުން ބާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
"ﷲ އަކްބަރު- މިއޮތީ ބޮމެއް" ކަމަށް ގޮވައި ޓެރަރިޒަމަށް ފުރައްސާރަކުރި 9 މީހަކު ފްލައިޓުން ބާލައިފި
"ﷲ އަކްބަރު- މިއޮތީ ބޮމެއް" ކަމަށް ގޮވައި ޓެރަރިޒަމަށް ފުރާސާރަކުރި ބެލްޖިއަމްގެ 9 މީހަކު ރަޔަން އެއާގެ ފްލައިޓަކުން ބާލައިފިއެވެ. އެމީހުން ފްލައިޓަށް އެރީ ބްރަސަލްސްގެ އެއާޕޯޓަކުންނެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހިނގި މިހާދިސާގައި "ﷲ އަކްބަރު" ގޮވީ މަޖާ މިޒާޖުގެ މީހެއް ކަމަށެވެ. ނަމަވެސް ފްލައިޓްގެ ކެޕްޓަން ބުނީ އެފަދަ ބައަކު ގޮވައިގެން ދަތުރު ނުކުރާނެ ކަމަށާއި ފްލައިޓުގައި ބޮމެއް ނެތްކަން ވެސް ކަށަވަރުކުރަންޖެހޭ ކަމަށެވެ.

ފްލައިޓުން ފަސިންޖަރުންނާއި ލަގެޖް ބާލައި ކުއްތާ ގެނެސްގެން ޗެކް ކުރުމަށް 3 ގަޑިއިރު ވަނީ ހޭދަވެފައެވެ.
މިއަދު އޮންލައިން