ހައްޖުވެރިއަކަށް ފެނުނު ގިނަ އަދަދެއްގެ ފައިސާ އާއި ރަނާ ޖަވާހިރު ހުރި ދަބަހެއް އަމާނާތްތެރިކަމާއެކު ހަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ހައްޖުވެރިއަކަށް ފެނުނު ގިނަ އަދަދެއްގެ ފައިސާ އާއި ރަނާ ޖަވާހިރު ހުރި ދަބަހެއް އަމާނާތްތެރިކަމާއެކު ހަވާލުކޮށްފި
ޖަމްރާއަށް ހިލައުކަން ދިއަ މިޞުރުގެ ހައްޖުވެރިއެއް ކަމަށްވާ މުޙައްމަދު ޢަބްދުލްކަރީމަށް ފެނުނު ގިނަ އަދަދެއްގެ ފައިސާތަކާއި ރަނާއި ޖަވާހިރުތައް ހުރި ދަބަހެއް އަމާނާތްތެރިކަމާއިއެކު ހައްޖު އޮފިޝަލުންނާއި ހަވާލުކޮށްފިއެވެ.

ނައިޖީރިއާގެ އަންހެނެއްގެ މިތަކެތި ފެނުނު މުޙައްމަދު ޢަބްދުލްކަރީމް އަކީ ސައުދީ ރަސްގެފަނު، ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހްމާނުންގެ ގޮތުގައި މިޞުރުން ދިއަ ހައްޖުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެނާއަށް މިތަކެތި ފެނުމާއިއެކު ދަބަސް ހިފައިގެންގޮސް ހަވާލުކުރީ އޭނާ އާއި ހަވާލުވެގެންހުރި އޮފިޝަލަކާއިއެވެ.

އޮފިޝަލް އެ ދަބަސް ފުލުހުންނާއި ހަވާލުކުރުމުން ދަބަހުގެ ވެރިފަރާތް ހޯދައި މިހާރު ވަނީ ދަބަހުގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

މާތްﷲ މީސްތަކުން އިމްތިހާން ކުރައްވަވައެވެ. އަޅުގަނޑުމެންނަށް އޮތީ އެފަދަ އިމްތިހާންތަކުން ފާސްވާން ަމަސައްކަތްކުރުމެވެ.
މިއަދު އޮންލައިން