ޓީޗަރަކު ދަރިވަރެއްގެ ގައިގަ 3 މިނިޓްތެރޭ 40 ފަހަރު ޖަހާ ވީޑިއޯއެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 53ސ
ޓީޗަރަކު ދަރިވަރެއްގެ ގައިގަ 3 މިނިޓްތެރޭ 40 ފަހަރު ޖަހާ ވީޑިއޯއެއް!
ޚަބަރުގައިވާ ވީޑިއޯ އިން ފެންނަނީ ޓީޗަރަކު ދަރިވަރެއްގެ ގައިގާ އެއްވެސް ރަހުމެއް ނެތި 3 މިނިޓް ތެރެ 40 ފަހަރު ޖަހާމަންޒަރެވެ. މޫނުމަތީގައެވެ. ހުރިހާ ދަރިވަރުންގެ ކުރިމަތީގައެވެ. ކްލާސް ރޫމުގައެވެ.

ލޭމައްޗަށް ގޮސްފައި ތިބޭ މިފަދަ ކުޅަނދުރު ޓީޗަރުންގެ ސަބަބަބުން ޚިދުމަތްތެރި އޯގާތެރި ޓީޗަރުންނަށް ވެސް މަލާމާތް ރައްދުވެއެވެ. އެއީ އެންމެ ރަނގަޅު ކަމެއް ނޫން ނަމަވެސް އެކަން ވާނީ ވެސް އެހެންނެވެ.

ގޭތެރޭގެ މައްސަލަތަކާއި ބޯއިފްރެންޑުގެ މައްސަލަތައް ކްލާސް ރޫމުގައި ތިބޭ ދަރިވަރުންނަށް "ފިލުވައިލާނަމަ" އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކިތަންމެ ހިތާމަހުރި ކަމެއް ނަމަވެސް އެކަން މިދަނީ ހިނގަމުންނެވެ.

ދަރިވަރުންނަށް އަނިޔާ ކުރުމަކީ އަދިވެސް ކުރަމުން އަންނަ ކަމެކެވެ. ޚާއްޞަކޮށް ދެކުނު އޭސިއާގެ ޤައުމުތަކުގައި އެކަން އިތުރެވެ. މާތް ﷲ ވާގިފުޅާއިއެކު ރާއްޖޭގައި މިފަދަ ކަންކަން ކުރެވެނީ ވަރަށް މަދުންނެވެ. މިފަދަ ކުޅަނދުރު ޓީޗަރުންނަށް މަޤާމުގައި ނުތިބެވޭނެތީ އެކަމުގެ ބިރަށެވެ. އަދި ބެލެނިވެރިން އައިސް ހަމަލާދޭނެ ކަމުގެ ވެސް ބިރަށެވެ.

ގުޅުންހުރި ވީޑިއޯ: (ކުޑަކުދިންނާއި ހިތްބަލި މީހުން ނުބެލުން އެދެން)
މިއަދު އޮންލައިން