މިޔަންމާގެ ދަގަނޑު ސޫކީގެ ސިފައިން ރޮހިންޔާ މުސްލިމުން އަންދަނީ- ކަންބޮޑުވަނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މިޔަންމާގެ ދަގަނޑު ސޫކީގެ ސިފައިން ރޮހިންޔާ މުސްލިމުން އަންދަނީ- ކަންބޮޑުވަނީ ކާކު؟
މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީގެ ސިފައިން މިދިއަ ހަފްތާގައި އެކަނިވެސް މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ 2600 އަށްވުރެ ގިނަ ގެދޮރުގައި ހުޅުޖަހައި އަންދައިފިއެވެ. އެއިގެ ތެރެއިން ބައެއް ގެދޮރުގައި ހުޅުޖަހާފައިވަނީ ގޭގައި މީހުން ތިއްބައެވެ.

މުސްލިމް ޤައުމެއްގައި ކިތަންމެ އާދައިގެ މިފަދަ ކަމެއް ހިނގިނަމަވެސް ދުނިޔޭގެ ސަމާލުކަމަށް އާދެއެވެ. އެޤައުމެއް ފަހާ ދުވެ ފިޔަވަޅުތައްވެސް އަޅައެވެ. ނަމަވެސް ދަގަނޑު ސޫކީގެ ސަރުކާރާއިމެދު އެޅޭ އެއްވެސް ފިޔަވަޅެއް އަދި މިހައިތަނަށްވެސް ނުފެނެއެވެ.

ދަގަނޑު ސޫކީ ބުނަނީ ރޮހިންޔާ މުސްލިމުން އަންދަމުން ގެންދަނީ އޭނާގެ ސިފައިން ނޫން ކަމަށާއި ރޮހިންޔާ ސެލްވޭޝަން އާމީ ކިޔާ ގްރޫޕަކުން ކަމަށެވެ.

އަނިޔާއިން ސަލާމަތްވެވޭ މީހުންގެ ބަސް ތަފާތެވެ. އެމީހުން ބުނަމުން ގެންދަނީ ގެތަކުގައި ހުޅުޖަހަނީ އަދި މީހުން އަންދަނީ ދަގަނޑު ސޫކީގެ ސިފައިން ކަމަށެވެ. އަދި އެކަން ކުރަނީ ކޮންމެ ގޮތަކުން ނަމަވެސް މިޔަންމާއިން މުސްލިމުން ބޭރުކޮށް ހުސްކޮށްލުމަށް ކަމަށެވެ.

ދުނިޔެއިން ދަނީ ދަގަނޑު ސޫކީއަށް ހިތްވަރުދެމުންނެވެ. މިއަހަރުވެސް އިތުރު ނޯބަލް އިނާމެއް ލިބުމަކީ ހަމަ ވަރަށް ކައިރި ކަމެކެވެ. ދަގަނޑު ސޫކީ މިނިވަންކޮށް ވެރިކަމަށް ގެނައުމުގައި ރާއްޖެއިން ވެސް ވަނީ ދައުރެއް އަދާކޮށްފައިކަން އެއީ ރާއްޖޭގައި ޖެހިފައިވާ ވަރަށް ބޮޑު ލައްގަނޑެކެވެ.
މިއަދު އޮންލައިން