މައްސަލަތައް ބޮޑުވެގެން އުޅޭ އިންޑިއާ ސަރުކާރުން އުތުރު އިންޑިއާގެ ގޮރަކްޕޫރު ސިޓީގައި ހިންގާ ބީއާރުޑީ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި އޮގަސްޓް މަހުތެރޭ އެކަނިވެސް 2017 ކުދިންމަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލުގެ އިސް ޑޮކްޓަރަކަށް ހުރި ޑރ. ކޭ ސިންހް ބުނީ 48 ގަޑިއިރުގެ ތެރޭގައި ވެސް 42 ކުދިން މަރުވެފައިވާކަން ރެކޯޑްތަކުން ފެންނަން އެބަހުރި ކަމަށެވެ.
ހޮސްޕިޓަލަށް ކުރިމަތިވި މައްސަލަތަކުގެ ތެރޭގައި އޮކްސިޖަން ހުސްވުމާއި އެނޫން ވެސް ތަފާތު މައްސަލަތައް ހިމެނެއެވެ. މި ހޮސްޕިޓަލުގެ ކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެނެވުނީ އޮކްސިޖަން ހުސްވުމުގެ މައްސަލަތަކުގައި ގާތް ގާތުގައި 33 ކުދިން މަރުވުމުންނެވެ.
ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބޭ ގިނަ ހޮސްޕިޓަލުތަކެއް އިންޑިއާގައި ހުރި ނަމަވެސް ސަރުކާރުން ހިންގާ ބައެއް ހޮސްޕިޓަލްތަކުން ދެމުން ގެންދާ ޚިދުމަތްތަކުގެ ސަބަބުން ދަނީ ބޮޑެތި މައްސަލަތައް ކުރިމަތިވަމުންނެވެ. ޑޮކްޓަރުންނާއި އިދާރީ ގޮތުން އިހްމާލްވާ މައްސަލަތަކަށް ފިޔަވަޅު ނުއެޅޭއިރު ކޮރަޕްޝަނުގެ މައްސަލަތަކަކީ އެންމެ ޢާންމު މައްސަލަތަކެވެ.