ޗައިނާ ބްރިކްސް ބިޒްނެސް ފޯރަމް ފަށައިފި

ކިޔުމަށް ހޭދަވާނީ 45ސ
ޗައިނާ ބްރިކްސް ބިޒްނެސް ފޯރަމް ފަށައިފި
ޗައިނާ ބްރިކްސް ބިޒްނެސް ފޯރަމް މިއަދު ފަށައިފިއެވެ.

އެ ޤައުމުގެ ފިޖިއަން ޕްރޮވިންސްގެ ރިސޯޓެއްކަމަށްވާ ޒިއަމެންގައި މިއަދުފެށި މި ފޯރަމް ފައްޓަވައިދެއްވީ ޗައިނާގެ ރައީސް ޝީ ޖިންގޕިން އެވެ. އަދި އެމަނިކުފާނުވަނީ ތަޤުރީރު ކުރައްވާފައެވެ.

މިއަދުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމްގައި ތަޤުރީރު ކުރައްވަމުން ޗައިނާގެ ރައީސް ޝީ ޖިންގޕިން ވިދާޅުވީ މި ފޯރަމްގެ ސަބަބުން މި ފޯރަމްގައި ބައިވެރިވާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދު މިހާރަށްވުރެ ކުރިއަރައިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ބްރިކްސް ބިޒްނެސް ފޯރަމަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތް އެފްރިކާ (BRICS) ގުޅިގެން އެ ޤައުމުތަކުގައި ވިޔަފާރިއާއި އިޤްތިޞާދު ކުރިއަރުވާ، އެއްޤައުމުން އަނެއްޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފޯރަމެކެވެ.
މިއަދު އޮންލައިން