15 އަހަރަށްފަހު ފަލަސްޠީނުގެ ދެބެއިން މިނާގައި ބައްދަލުވުމުން އުފަލުން ހިތްފަޅައިގެން ހިނގައްޖެއެވެެ.
ދެބެންގެ ލޮލުން އޮހޮރުނު އުފާވެރިކަމުގެ ކަރުތަކުން ދެބެއިންގެ މޭމަތި ދިއައީ ފޯވެގެންނެވެ.
ސާމިރު އާއި ޝިބްރާއަކީ ޣާޒާއަށް ނިޞްބަތްވާ ފަލަސްޠީނުގެ ދެބެއިންނެވެ. މާތްﷲ މީގެ 15 އަަހަރު ކުރިން މިންވަރުފުޅު ކުރެއްވެވި ނިއުމަތުގައި ސާމިރަށް ވަނީ އޮސްޓްރޭލިއާއަށް ދެވިފައެވެ. އެއިގެ ފަހުން ދެބެއިންގެ މެދުގައި ގުޅުން ވަނީ ކެނޑިފައެވެ.
ޝިބްރާ ހައްޖަށް އައީ ސަލްމާން ރަސްގެފާނުގެ މެހްމާނެއްގެ ގޮތުގައެވެ. ދެބެއިން މިނާއިން ބައްދަލުވުމުގެ ކުރިން ހައްޖު ދަތުރާއިބެހޭ ގޮތުން ވެސް އެއްވެސް މުޢާމަލާތެއް ކުރެވިފައެއް ނުވެއެވެ.
ދެ ބެއިންވެސް ބުނީ އަޚާގެ މަތިން ހަނދާން ނުނެތޭ ކަމަށާއި ބައްދަލުވާނެ ދުވަހަކަށް އައީ އިންތިޒާރުކުރަމުން ކަމަށެވެ. ދިރިތިއްބައި ބައްދަލުކޮށްދެއްވެވުން އެދި އައީ މާތްﷲ އަށް ދުޢާކުރަމުންނެވެ.
ސަލްމާން ރަސްގެފާނު ދެއްވަމުން ގެންދަވާ ދައުވަތުގެ ސަބަބުން މިދިއަ އަހަރުވެސް ވަނީ މިފަދަ ހާދިސާއެއް ހިނގައިފައެވެ. މިދިއަ އަހަރު ބައްދަލުވީ މަންމައަކާއި ދަރިފުޅެކެވެ.