ޖައްވުގަ އެންމެ ގިނަ ދުވަސް ހޭދަކުރުމުގެ ރެކޯޑަށްފަހު ޕެގީ ވިލްސަން ބިމަށް އަތުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ޖައްވުގަ އެންމެ ގިނަ ދުވަސް ހޭދަކުރުމުގެ ރެކޯޑަށްފަހު ޕެގީ ވިލްސަން ބިމަށް އަތުވެއްޖެ
ޖައްވުގައި އެންމެ ގިނަ ދުވަސް ހޭދަކުރުމުގެ ރެކޯޑަށްފަހު އެމެރިކާގެ އެސްޓްރޮނޯޓް ޕެގީ ވިޓްސަން އެނބުރި ބިމަށް އަތުވެއްޖެއެވެ.

އެމެރިކާގެ އަންހެނެއް ކަމަށްވާ ޕެގީ ވިޓްސަން މިފަހަރު ޖައްވުގައި 288 ދުވަސް ހޭދަކޮށްފައިވުމުން އެކި ފަހަރުމަތިން އޭނާ ޖައްވުގައި ހޭދަކުރި ދުވަސްތަކުގެ އަދަދު ވަނީ 665 އަށް އަރައިފައެވެ.

ޕެގީ ވިޓްސަން އަށް ލިބިފައިވާ ރެކޯޑްތަކުގެ ތެރޭގައި ސްޕޭސް ސްޓޭޝަނެއްގެ ފުރަތަމަ އަންހެން ކޮމާންޑަރު ކަމާއި ޖައްވުގައި އެންމެ ގިނަ ފަހަރު (10 ފަހަރު) ހިނގުމުގެ ރެކޯޑް ވެސް ހިމެނެއެވެ.
މިއަދު އޮންލައިން