އުތުރު ކޮރެއާ އިން މިއަދު ޓެސްޓްކުރި 2 ހައިޑްރިޖަން ބޮން ޓެސްޓް ކާމިޔާބު ކަމަށާއި ފުފުލުގައި ކުރި މިފަދަ 6 ޓެސްޓް ވެސް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފިއެވެ. މި 6 ޓެސްޓަކީވެސް ނިޔުކްލިއަރ ޓެސްޓްތަކެވެ.
އުތުރު ކޮރެއާއަށް މިއަދު ވަނީ 6.3 ގެ ބާރު މިނުގައި ބިން ހެލުމެއްވެސް އައިސްފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުން އައީ މިއަދު ކުރި ބާރުގަދަ ޓެސްޓްގެ ސަބަބުންނެވެ.
ރަސިއާ ޢާއި ޗައިނާއިން ގެންދަނީ އުތުރު ކޮރެއާއަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް ނުދިނުމަށް އެމެރިކާއަށް ތަކުރާރުކޮށް އިންޒާރުދެމުންނެވެ.
ރަސިއާ އިން ބުނެފައިވަނީ އުތުރު ކޮރެއާއަށް އެއްވެސް ބާވަތެއްގެ ހަނގުރާމަވެރި ހަމަލާއެއް ދީފިނަމަ މުޅި ސަރަހައްދަށް ނުރައްކަލަކަށް ވެގެންދާނެ ކަމަށާއި މުޅި ސަރަހައްދުގައި ނިޔުކްލިއަރ ފެތުރިގެންދާނެ ކަމަށެވެ. އަދި އެމެރިކާއަށްވެސް ސަލާމަތުން ނުއޮވެވޭނެ ކަމަށެވެ.
އުތުރު ކޮރެއާ މިހަރު ވެފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ނިޔުކްލިއަރ ބާރަށް ކަމަށްވާއިރު ރައީސް ކިމް އަކީ ނިޔުކްލިއަރ ހަމަލާ ދިނުމަށް ފަސްޖެހޭނެ ވެރިއެއް ނޫން ކަމަށް ވަނީ ބެލެވިފައެވެ.