ދުނިޔެ ނިދާފައި، ރޯހިންޏާ މުސްލިމުން ގަތުލުވި އަދަދު 400 އަށް އަރައިފި

ކިޔުމަށް ހޭދަވާނީ 2މ 23ސ
ދުނިޔެ ނިދާފައި، ރޯހިންޏާ މުސްލިމުން ގަތުލުވި އަދަދު 400 އަށް އަރައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ޢީދު ފާހަގަކޮށް އުފާކުރަމުން ދާއިރު، ކުށެއް ނެތް ރޯހިންޏާ މުސްލިމުން ގަތުލުވަމުންދަ އަދަދު ދަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ. އިއްޔެއާއި ހަމައަށް އެއަދަދު 400 އަށް އަރާފައިވާ ކަމަށް އެޤައުމުގެ މިލިޓަރީ ކޮމާންޑަރ ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މިޔަންމާ ބުދިސްޓުން ގެ ރަޙުމުކުޑަ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ރޯހިންޏާ ގެ 60،000 އެއްހާ މުސްލިމުން މިހާރުވެސް އަވައްޓެރި ބަންގްލަދޭޝް ބޯޑަރު ހުރަސްކޮށް ހިޔާވަހިކަން ހޯދާފައިވީ ނަމަވެސް، ގަތުލުވަމުންދާ މުސްލިމުންގެ އަދަދު ދަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ.

ދެކުނު މިޔަންމާގައި އޮންނަ ރަޚީނޭ ސްޓޭޓްގައި މުސްލިމުންގެ މައިނޯރިޓީ އޮންނަ ރޯހިންޏާ އަކީ، ވަކި ޤައުމަކަށް ނިސްބަތްނުވާ ރަށެކެވެ. މިޔަންމާގެ ހަނގުރާމަވެރިން ރޯހިންޏާ މުސްލިމުންނަށް ހަމަލާދެމުން ގެންދަނީ، އެޤައުމުން މުސްލިމުންގެ ނަން ފުހެލުމަށްޓަކައި، އަދި މުސްލިމުންނަކީ "ޓެރަރިސްޓުން" ކަމަށް ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ނަފް ކޯރުން 20 ރޯހިންޏާ މުސްލިމުންގެ ފުރާނަ ނެތް މަސްގަނޑު ވަނީ ނަގާފައެވެ. އޭގެ ތެރޭގައި 12 ކުޑަކުދިން ހިމެނޭ ކަމަށް ސީއެންއެން ރިޕޯޓްތަކުން ބުނެފައިވެއެވެ.

ބަންގްލަދޭޝް ގެ ރެފިއުޖީ ކޭމްޕްތައް ދުވަހުން ދުވަހަކަށް އަންނަނީ ފުރެމުންނެވެ. އެތަނަށް ގޮސްފައިވާ ބައެއް ރޯހިންޏާ މުސްލިމުން ވަނީ އެމީހުންގެ ވާހަކަތައް ޙިއްސާވެސް ކޮށްފައެވެ.

"އެމީހުން އަހަރުމެން ގައިގާ ތަޅާ އަހަރުމެންނާއި ދިމާލަށް ބަޑިޖަހާ ހަދާ، އަދި އަހަރުމެންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރާ، ޅަ އަންހެން ދަރިން ރޭޕް ވެސް ކޮށްފި. އަހަރެން ވެސް ގެދޮރާއި މުދާ ދޫކޮށް ދަރިންނާއި ފިރިމީހާއާއި އެކު އެތަނުން ފިލައިގެން މިއައީ ފުރާނަ ސަލާމަތް ކުރެވޭތޯ" ރޯހިންޏާ އިން ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީ މުސްލިމެއް ކަމަށްވާ ހާމިދާ ބޭގަމް ސީއެންއެން އަށް މައުލޫމާތު ދެމުން ބުންޏެވެ.

މިޔަންމާގައި ހިނގަމުން މިދާ ހަމަނުޖެހުމުގައި އެޤައުމުގެ ސަރުކާރުން ބުނެފައިވަނީ، ރޯހިންޏާ ހަނގުރާމަވެރިން އެޤައުމުގެ 12 ސެކިއުރިޓީ އޮފިސަރުން މަރާލާފައިވާ ކަމަށާއި، ހަނގުރާމަ ފެށީ ރޯހިންޏާ ހުސްކުރުމަށް ކަމަށެވެ. ނަމަވެސް ރޯހިންޏާ ގެ ބައެއް އެކްޓިވިސްޓުން ބުނެފައިވަނީ މިޔަންމާ ސަރުކާރުން ރޯހިންޏާގެ އެތަކެއް މުސްލިމް އަންހެނުންނާއި ކުޑަކުދިން އަދި ކުށެއް ނެތް ފިރިހެނުން ވެސް ގަތުލު ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މިޔަންމާ ސަރުކާރުން ބުނެފައިވަނީ ރޯހިންޏާ ގެ ހަނގުރާމަވެރިން މިޔަންމާ ގެ 2300 އެއްހާ ގެދޮރު އަންދާލި ކަމަށެވެ. ނަމަވެސް ރޯހިންޏާ ހަނގުރާމަވެރިން ވަނީ މިކަމާއި ދެކޮޅު ހަދާ، ގެދޮރަށް ގެއްލުން ދިނީ މިޔަންމާގެ ހަނގުރާމަވެރިން ކަމަށް މައުލޫމާތު ދީފައެވެ.

ހާމިދާ ބޭގަމް ބުނިގޮތުގައި، މިޔަންމާގެ ހަނގުރާމަވެރިން ރޯހިންޏާގެ ގެތަކަށް ވަދެ ވަނީ މުދަލާއި ފައިސާ ދޭން ބުނެފައެވެ. އެތަކެތި ނުދެވިއްޖެނަމަ އެބަޔަކު މަރާލައެވެ.

މިއަދު އޮންލައިން