ދަގަނޑު ސުކީ ފަހަތުން ދުވަން ފެށުމުން ހީލަތްތެރި މަޅިއެއް ޖަހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ދަގަނޑު ސުކީ ފަހަތުން ދުވަން ފެށުމުން ހީލަތްތެރި މަޅިއެއް ޖަހައިފި
މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސުކީގެ ފަހަތުން ބައެއް ޤައުމުތައް "ދުވަން" ފެށުމުން އަނިޔާވެރިކަމުން ރެކުމުގެ ބޭނުމުގައި ހީލަތްތެރި މަޅިއެއް ޖަހައިފިއެވެ.

މިޔަންމާގެ ސަރުކާރުގެ ނަމުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރުމުގައި އިސްކޮށް އުޅުނު މީހުން ހައްޔަރުކުރުމުގައި ރޮހިންޔާ މުސްލިމުންގެ އެހީތެރިކަމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

ސަރކާރުގެ ނަމުގައި ނެރުނު މިބަޔާނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މުސްލިމުންނަށް އަނިޔާކުރަމުން ގެންދަނީ ދަގަނޑު ސޫކީގެ އަމުރަށް އޭނާގެ ސިފައިންކަން ދުނިޔެއަށް ރަނގަޅަށް އެނގެއެވެ.

މިޔަންމާގައި ދިރިއުޅެމުން އައި މިލިއަނެއްހައި މުސްލިމުން އެޤައުމުން ފައްސާލުމަށްޓަކައި ދުރާލައި ރާވައި ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގައި މިހައިތަނަށް ވަނީ އެތައް ހާސް ބައަކު ދިރިތިއްބައި އަންދައިފައެވެ. އެތައް ހާސް ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ވަނީ ޤަތުލުކޮށްފައެވެ. މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ދުނިޔެ ވަނީ ވަރަށް ބޮޑަށް ނުކުޅެދިފައެވެ.
މިއަދު އޮންލައިން