ޗައިނާ ބްރިކްސް ބިޒްނެސްއަށް 76 މިލިއަން ޑޮލަރ ޗައިނާއިން ޚަރަދުކުރަނީ..

ކިޔުމަށް ހޭދަވާނީ 49ސ
ޗައިނާ ބްރިކްސް ބިޒްނެސްއަށް 76 މިލިއަން ޑޮލަރ ޗައިނާއިން ޚަރަދުކުރަނީ..
ޗައިނާ ބްރިކްސް ބިޒްނެސްއަށް 76 މިލިއަން ޑޮލަރ ޗައިނާއިން ޚަރަދުކުރުމަށް ނިންމައިފިއެވެ.

އެ ޤައުމުން މިގޮތަށް ނިންމާފައިވާކަން ހާމަކުރެއްވީ އެ ޤައުމުގައި މިހާރުކުރިއަށްދާ ޗައިނާ ބްރިކްސް ބިޒްނެސް ފޯރަމް ފައްޓަވައިދެއްވުމުގެގޮތުން ތަޤުރީރު ކުރައްވަމުން ޗައިނާގެ ރައީސް ޝި ޖިންގޕިން އެވެ.

އޭނާ ވިދާޅުވީ މި ފޯރަމްގައި ހިމެނޭ ޤައުމުތަކުގެ ތަރައްޤީއަށް 500 މިލިއަން ޔުއާން ނުވަތަ ގާތްގަޑަކަށް 76 މިލިއަން ޔޫއެސް ޑޮލަރު ހޭދަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޗައިނާގެ ފިޖިއަން ޕްރޮވިންސްގެ ރިސޯޓެއްކަމަށްވާ ޒިއަމެންގައި ކުރިއަށްދާ މި ފޯރަމް މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ބްރިކްސް ބިޒްނެސް ފޯރަމަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތް އެފްރިކާ ގުޅިގެން އުފައްދާފައިވާ (BRICS) އަކީ އެ ޤައުމުތަކުގައި ވިޔަފާރިއާއި އިޤްތިޞާދު ކުރިއަރުވާ، އެއްޤައުމުން އަނެއްޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފޯރަމެކެވެ.
މިއަދު އޮންލައިން