މުޅި ޤައުމުގަ ހުޅު ޖެހި ނަމަވެސް އަދުލަށް ހުކުމް ކުރާނެކަމަށް ބުނެ އިންޑިއާގެ ފަނޑިޔާރުން ދެކުނު އޭސިއާއަށް ނަމޫނާއެއް ދައްކައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މުޅި ޤައުމުގަ ހުޅު ޖެހި ނަމަވެސް އަދުލަށް ހުކުމް ކުރާނެކަމަށް ބުނެ އިންޑިއާގެ ފަނޑިޔާރުން ދެކުނު އޭސިއާއަށް ނަމޫނާއެއް ދައްކައިފި
މުޅި ޤައުމުގައި ހުޅު ޖެހި ނަމަވެސް އަދުލަށް ހުކުމް ކުރާނެ ކަމަށް ބުނެ އިންޑިއާގެ ފަނޑިޔާރުން މުޅި ދެކުނު އޭސިއާއަށް ނަމޫނާ ދައްކައިފިއެވެ.

އިންޑިއާގެ އެތައް މިލިއަން ބައަކާއި ސަރުކާރު ހިންގާ ބީޖޭޕީން ގެންދިއައީ ރޫޙާނީ ލީޑަރު ރާމް ރަހިމް އަށް ޙުކުމް އިއްވުމާއި ދެކޮޅު ހަދަމުންނެވެ. އެކަމުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައި ރާމް ރަހިމް ވަނީ އޭނާގެ ސަޕޯޓަރުން މަގުތަކަށް ނެރެ ހުޅުޖަހައި ބިރު ދައްކުވައިފައެވެ.

އެހުރިހައި ކަންކަމާއިއެކުވެސް ކޯޓުން ޙުކުމްކުރީ އަދުލަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ދެ މައްސަލައިގައި ވެސް ވަނީ ޙުކުމް އިއްވައިފައެވެ. އާދައިގެ ކުޑަ ހުކުމެއްވެސް ނޫނެވެ. ކޮންމެ މައްސަލައަކަށް 10 އަހަރު ދުވަހުގެ ޖަލު ޙުކުމެވެ.

ފަނޑިޔާރުން ޙުކުމް އިއްވުމުން ބައަކު ނުކުމެ އެ ޙުކުމް ކުށްވެރިކޮށްފައެއް ނުވެއެވެ. ޝަރީއަތްކުރީ ނިޒާމުން ބޭރުން ކަމަކަށް ނުބުނެއެވެ. އަދި ޝަރީއަތްކުރީ ޤާނޫނުން ބޭރުން ކަމަކަށްވެސް ނުބުނެއެވެ. އެއީ އެފަދަކަމެއް ހިނގާފައި ނެތުމުންނެވެ. ޤާނޫނާއި އެއްގޮތަށް ކަންކަން ކުރުމުން ފަނޑިޔާރުންނަށް ފާޑެއްވެސް ނުކިޔައެވެ.

މިފަދަ މީހުންގެ ފަހަތުގައި ތިބޭ ބައަކު ކޮންމވެސް ބަހެއް ބުނެފާނެއެވެ. އަދި ބައަކު ލައްވައި ކަމެއްވެސް ކުރުވުމަކީ ގާތް ކަމެކެވެ. ކޯޓުތަކުގައި އެޕީލް ވެސް ކުރާނެއެވެ. އެއީ މުޅިން ތަފާތު ވިޔަފާރިއެކެވެ. ހަޤީޤަތަކީ ޝަރީއަތް ކުރުމުގައި ފަނޑިޔާރުންގެ އަދުލުވެރިކަމާއި ޤާބިލު ކަމެވެ.

މިއަދު އޮންލައިން