ދަގަނޑު ސޫކީގެ ހެލްތް މިނިސްޓަރު ރާއްޖެ އައުމާ ޢަބްދުﷲ ޝާހިދު ދެކޮޅު ހައްދަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދަގަނޑު ސޫކީގެ ހެލްތް މިނިސްޓަރު ރާއްޖެ އައުމާ ޢަބްދުﷲ ޝާހިދު ދެކޮޅު ހައްދަވައިފި
މިޔަންމާގެ ވެރިކަމުގައި ހުރެ ރޮހިންޔާ މުސްލިމުން ކަތިލައި ދިރިތިއްބާ އަންދަމުން ގެންދާ ދަގަނޑު ސޫކީގެ ހެލްތް މިނިސްޓަރު ރާއްޖެ އައުމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ދެކޮޅު ހައްދަވައިފިއެވެ.

ޝާހިދު މިއަދު ޓްީޓް ކުރައްވައި ވިދާޅުވީ "މައުޞޫމް މުސްލިމް ތުއްތު ކުދިންނާ އޚުންނާ އުޚުތުން ކަތިލަމުން ގެންދާ މިޔަންމާގެ އެއްވެސް ވަޒީރަކަށް މި ދިވެހި ފަސްގަނޑުން މަރުހަބާއެއް ނުކިޔޭނެ." ކަމަށެވެ.

ޑަބްލިޔޫއެޗްއޯ އިން އިންތިޒާމުކުރާ މި ބައްދަލުވުމަށް މެންބަރު ހުރިހާ ޤައުމުތަކުން ރާއްޖެ އަންނަން ވަނީ ހަމަޖެހިފައެވެ. އެހެންކަމާއިއެކުވެސް އިޒްރޭލާއި މިޔަންމާ ފަދަ މުސްލިމުންގެ ދުޝްމިނު ޤައުމުތަކުގެ ވަޒީރުންނަށް ރާއްޖެއިން މަރުހަބާ ކިޔައި ބައްދަލުވުމަށް އައީތީ ތައުރީފްކޮށް ޝުކުރު އަދާކުރުމަކީ މުސްލިމް އުންމަތަށް ކުރެވޭ އިހާނެތި އަމަލެއްގެ ގޮތުގައި ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ދަގަނޑު ސޫކީ މުސްލިމުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ދިވެހި ސަރުކާރުން އިއްޔެ ވަނީ މިޔަންމާ އާއިއެކު އޮންނަ ވިޔަފާރީގެ ގުޅުން ވެސް ކަނޑާލައިފައެވެ.

މިއަދު އޮންލައިން